12.19.2012

ދެޖިންސަށްވެސް އެއްބަޔަކު އަނެއްބަޔަކުގެ މައްޗަށް ޙައްޤުތަކެއް ވެއެވެ.

އަލްއަޚް ޢަބްދުއްރަޙީމް މުޙައްމަދު

ދެޖިންސު މުޖުތަމަޢުގައި އަދާކުރާ ތަފާތު ދެރޯލުގެ ސަބަބުން ދެޖިންސު ވަކި ޙައްޤުގެ ގޮތުން ތަފާތެއް ނުވެއެވެ. ސަބަބަކީ އެއްވެސް ޖިންސަކަށް ހުރިހާ ވާޖިބުތަކާއި ޙައްޤުތައް ލިބުމުގައި ތަފާތު ކުރުމެއް ނުވާތީއެވެ. މިކަމާއި ބެހޭގޮތުން ކީރިތި ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވަނީ :

وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنْفُسِهِنَّ ثَلَاثَةَ قُرُوءٍ وَلَا يَحِلُّ لَهُنَّ أَنْ يَكْتُمْنَ مَا خَلَقَ اللَّهُ فِي أَرْحَامِهِنَّ إِنْ كُنَّ يُؤْمِنَّ بِاللهِ وَالْيَوْمِ الْآخِرِ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَٰلِكَ إِنْ أَرَادُوا إِصْلَاحًا وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ وَالهُަ عَزِيزٌ حَكِيمٌ -البقرة: ٢٢٨
މާނައީ : "އަދި، ވަރިކޮށްފައިވާ އަންހެނުން، އެކަނބަލުންގެ އަމިއްލަ ނަފްސުތަކައިގެން ތިން ޤުރުއު ވަންދެން އިންތިޒާރުކުރާހުށިކަމެވެ! (ޤުރުއުއަކީ ޙައިޟު ނުވަތަ ޠުހުރެވެ) އަދި، އެކަނބަލުން، ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވާކަމުގައިވާނަމަ، އެކަނބަލުންގެ ރަޙިމުތަކުގައި ﷲ އުފައްދަވާފައިވާ އެއްޗެއް (އެބަހީ: ޙައިޟު ވުމާއި ބަލިވެއިނުންފަދަ ކަންތައް) ވަންހަނާކުރުން އެކަނބަލުންނަށް ހުއްދައެއް ނުވާނެތެވެ. އަދި، އެއުރެން އިޞްލާޙްކުރުމަށް އެދޭނަމަ، ޢިއްދައިގެ ދުވަސްވަރުގައި އެކަނބަލުން ކާވެންޏަށް އަނބުރައި ގެނައުން އެކަނބަލުންގެ ފިރީންނަށް ޙައްޤުވެގެން ވެއެވެ. އަދި ޝަރުޢީހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް ޙައްޤުވެގެން ވެއެވެ. އަދި އެކަނބަލުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއް ލިބިގެންވެއެވެ. ﷲ އީ ޢަޒީޒްވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ."


ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment