11.21.2009

އަދާ ނުކުރެވޭ ދަރަނި

އަލްއަޚް މުޙައްމަދު ޝަކީލް
އެއްޒަމާނެއްގައި، ބަދުރުދީ ކިޔާ 8 އަހަރުގެ ކުޑަކުއްޖަކު އުޅުނެވެ. މި ކުއްޖާ ދެކޭގޮތުގައި ކުރާ ހުރިހާ ކަމެއްވެސް ކުރަންޖެހެނީ ފައިސާއަށެވެ. މި ނުބައި އާދަ އޭނަގެ ކިބައިގައިވަނީ ހަރުލާފައެވެ. އޭނާއަށްފެންނަ ކޮންމެ އެއްޗެއްގެ އަގުބަލަން ބޭނުންވެއެވެ. އަދި، އެ އެއްޗެއްގެ އަގު ދަށްނަމަ، އޭނާ ދެކޭގޮތުގައި އެއީ އެއްވެސް އެއްޗެއްނޫނެވެ.
އެކަމަކު، ކިތަންމެ ފައިސާއެއް ހުއްޓަސް ނުގަނެވޭނެ ކިތަންމެ އެއްޗެއްވެއެވެ. މީގެ ތެރެއިންބައެއް ތަކެއްޗަކީ ދުނިޔޭގައިވާ އެއްމެ އަގުބޮޑު ތަކެއްޗެވެ.

ބަދުރުދީ އެއްދުވަހަކު ހެނދުނު ނާސްތާކުރަން އައިސް، ފަތްޖަހާފައި އޮތް ކަރުދާސްކޮޅެއް އޭނަގެ މަންމަގެ ތަށީގެ ދަށުގައި ބާއްވައިފިއެވެ. މަންމަ އެ ހުޅުވައި ބެލިއިރު އެއީ އޭނަގެ ދަރިފުޅުގެ ކަމެއްކަމަށް ގަބޫލުކުރަން ދައްޗެވެ. އެކަމަކު އެއީ އޭނަގެ ދަރިފުލު ބަދުރުގީގެ ލިޔުމެވެ. އޭގައިވަނީ:
މަންމަ ބަދުރުދީއަށް ދޭންޖެހޭ އަގު:
ގަސްތަކަށް ފެންދިނީތީވެ 2ރުފިޔާ
ފަރުނީޗަރު ފޮޅާ ސާފުކުރީތީވެ 5ރުފިޔާ
ގޭތެރެ ކުނިކެހީތިވެ 8ރުފިޔާ
އިތުރު 5ރުފިޔާ
މަންމަ ބަދުރުދީއަށް ދޭންޖެހޭ ޖުމްލަ: 20ރުފިޔާ
ާ ކިޔާލުމަށްފަހު ހީލާފައި، އެއްވެސް އެއްޗެއް މަންމް ނުބުނެއެވެ. މެންދުރު ކެއުމަށް މޭޒުދޮށަށް އައިސް ބަދުރުދީގެ ތަށި ކައިރީގައި ބިލާއެކު އޭގައިވާ އަދަދަށް ވިހި ރުފިޔާ މަންމަ ބޭއްވިއެވެ. ފައިސާފެނިފައި އެއަށް ކަޅިއަޅަން ފަށައިފިއެވެ. އުފަލުން ފޮޅިއްޖެއެވެ. އަވަސް އަވަހަށް ޖީބަށްލައި ރަށްކާކޮށް އެއަށް ގަންނާނެ އެއްޗަކާމެދު ފިކުރުކުރަން ފަށައިފިއެވެ.
އޭނާއަށް ކުއްލިއަކަށް ތަށިކައިރީގައި ވަރަށް ރީއްޗަށް ފަތްޖަހާލާފައިއޮތް، ކުރީގެ ބިލާ އެއްގޮތް އެހެން ކަރުދާސް ކޮޅެއްވެސް ފެނިއްޖެއެވެ. އެހުޅުވައި ބަލާލުމައެކު އެއީ، އޭނަގެ މަންމަ ލިޔެފައިވާ އެއްޗެއްކަން އެނގުނެވެ. އޭގައިވަނީ:
ދަރިފުޅު މަންމައަށް ދޭންޖެހޭ އަގު:
ރަނގަޅަށް ކަންތައްތްއް ކޮށްދޭތީވެ ނެތް
ބަލިވީމަ ބޭސް ފަރުވާކޮށްދޭތީވެ ނެތް
ހެދުމާއި ކިޔަވާތަކެތި ހޯދައިދޭތީވެ ނެތް
ކާންދީ ބަލާބޮޑުކުރާތީވެ ނެތް
ދަރިފުޅު މަންމައްށް ދޭންޖެލޭ ޖުމްލަ: ނެތް
މިބިލް، ކިޔާލުމަށްފަހު އެކުއްޖާ އިންތަނަށް ގަނޑުވެ ބަސްހުއްޓިއްޖެއެވެ. ބުނާނެ އެއްޗެއްނޭނގިފައި އެތައް އިރެއްވަންދެން އިސްދަށަށް ޖަހައިގެން އިނެވެ.އެއަށްފަހު އެއްކަލަ ވިހި ރުފިޔާ ޖީބުން ނަގައި މަޑުމަޑުން ގޮސް މަންމަގެ މުށުތެރެއަށް ލިއެވެ.
އަދި މަންމަޔަށް ކޮށްދޭ ކޮންމެ ކަމެއް ކުލުނާއި ލޮތްބަށްތަކައި ކޮށްދޭން ކަނޑައެޅިއެވެ.
އަޅުގަނޑުމެންގެ ދަރީންގެ ކިބައިގައި ނުބައި އާދައެއް ހަރުލާފައި ހުރެއްޖެނަމަ، މިފަދަ ޙިކުމަތްތެރި ގޮތަކަށް ޢަމަލުކުރުމަކި އެކަން އިސްލާހުވުމަށް ބާރުދޭނެކަމެކެވެ.
އަޅުގަނޑުމެންގެ ދަރިންނަކީ ދެދުނިޔޭގައިވެސް އަޅުގަނޑުމެންނަށް ހުރި ބާއްޖަވެރި ކަމެއް ކަމުގައި ލައްވާށި. އާމީން

ފޭސްބުކްގައި ޝެއަރ ކުރައްވާ

1 comment:

  1. VARAH IBRATH THARI. AKAMAKU GINAFAHARUGA AHAREMENGE PARENT AH KANTHA KURAVANY AHANAKUN NOON. MIKAMUN IBURATH LIBIGAN'NAASHAVA. ALL PARENTS MASHA ALLAH

    ReplyDelete