3.22.2010

ދަރިފުޅާއެވެ. ރުޅިއިސް ނުކުރާށެވެ.

ވަރަށް ގަދަޔަށް ރުޅި އަންނަ ކުއްޖަކު އުޅުނެވެ. އެއްދުވަހަކު އޭނާގެ ބައްޕަ އޭނާގެ އަތަށް މޮހޮރު ކޮތަޅެއް ދިނެވެ. ރުޅިއަންނަ ކޮންމެ ފަހަރަކު ރުޅި މާ ގަދަވުމުގެ ކުރިން އެކޮތަޅުން ލަކުޑި ގަނޑަކަށް މޮހޮރެއް ޖެހުމަށް އެދުނެވެ. މިގޮތަށް ކޮންމެ ފަހަރަކު ރުޅިގަދަވާ އިރަށް އެލަކުޑި ގަނޑަށް މޮހޮރު ޖަހަމުން ގެންދިޔުމަށް އިރުޝާދު ދިނެވެ.

ބައްޕަގެ މި އެންގުމާ އެއްގޮތަށް ދަރިފުޅު ޢަމަލު ކުރަމުން ގެންދިޔައެވެ. ފުރަތަމަ ދުވަހުވެސް އޭނާ 37 މޮހޮރު ގެއްސެވެ. ނަމަވެސް ލަކުޑިގަނޑަށް މޮހޮރު ޖެހުން އެއީ އެހާ ފަސޭހަކަމަކަށް ނުވިއެވެ. އެންމެ ފަހުން އޭނާ ރުޅިއަންނަ ކޮންމެ ފަހަރަކު ރުޅިކޮންޓުރޯލު ކުރަން މަސައްކަތް ފަށައިފިއެވެ. މިގޮތުން ދުވަސްތަށް ފާއިތުވަމުން ދިޔައިރު އޭނާ ޖަހަންޖެހޭ މޮހޮރުގެ އަދަދުވެސް ދިޔައީ މަދުވަމުންނެވެ. މިގޮތުން ދުވަސްކޮޅެއްވީއިރު އޭނާއަށް ރުޅިކޮންޓުރޯލްކުރަން ދަސްވެއްޖެއެވެ. އަދި މޮހޮރު ޖެހުންވެސް ހުއްޓާލައިފިއެވެ. މިވާހަކަ އޭނަގެ ބައްޕަގާތު ބުނުމުން ބައްޕަ ވަރަށް އުފާކުރިއެވެ. އަދި ބުންޏެވެ." ދަރިފުޅާއެވެ. ދެން ކުރަންވީ ކަމަކީ ރުޅިއަންނަ ކޮންމެ ދުވަހަކަށް އެލަކުޑި ގަނޑުން މޮހޮރެއް އުފުރާލަންވީއެވެ."

ބައްޕަގެ އެދުމާއެއްގޮތަށް ދަރިފުޅު ރުޅިއަންނަ ކޮންމެ ދުވަހަކަށް މޮހޮރު އުފުރުމުގެ މަސައްކަތް ފަށައިފިއެވެ. މިގޮތުން ހުރިހާ މޮހޮރެއް ނަގާ ހުސްވަންދެން ދަރިފުޅު މޮހޮރު އުފުރަމުން ގެންދިޔައެވެ.

މިމަސައްކަތްވެސް ފުރިހަމަ ވުމުން ދަރިފުޅު ބައްޕަ ގާތަށްގޮސް އެވާހަކަ ބުނެފިއެވެ. ދެން ބައްޕަ ދަރިފުޅު ގޮވައިގެން އެއްކަލަ ލަކުޑިގަނޑު ކައިރިއަށް ދިޔައެވެ، އަދި ބުންޏެވެ. "ދަރިފުޅު ވަރަށް ރަނގަޅަށް ތިޔަ މަސައްކަތް ކޮށްފީމުއެވެ. އެކަމަކު ލަކުޑިގަނޑުގައި މިހިރަ ލޯވަޅުތަކަށް ބަލައިލަ ބަލާށެވެ. މިލަކުޑި ކުރީންހުރި ގޮތަކަށް ދެން ދުވަހަކުވެސް ނުހެދޭނެއެވެ." މިހެން ބުނެފައި ކުޑައިރުކޮޅަކު ހަނު ހުރެއްޖެއެވެ. އަދި އިތުރަށް ބުނެލިއެވެ. "ދަރިފުޅާއެވެ. ރުޅިއައިސްގެން މީހުންނާ ދިމާއަށް އެއްޗެހި ބުނެ އަޑުލުމުން އެމީހުންގެ ހިތްތަކުގައި ހަމަ މިކަހަލަ ލޯވަޅުތަކެއް އެޅޭނެއެވެ. މީހެއްގެ ގަޔަށް ވަޅި ހަރާފައި ވަޅި ނެގިދާނެއެވެ. ބަޑިޖަހާފައި ވަޒަންވެސް ނެގިދާނެއެވެ. ނަމަވެސް ކިތަންމެ ވަރަކަށް އެމީހެއްގެ ކިބައިން އެމީހެއްގެ ކިބައިން މަޢާފަށް އެދުނަސް އެފާރުގަނޑުގެ ލަކުނެއް ނުފިލާނެއެވެ."

ފޭސްބުކްގައި ޝެއަރ ކުރައްވާ

2 comments:

  1. Varah ibraitheri. Jazak Allah Khairan

    ReplyDelete
  2. a wonderful story. very intersted

    ReplyDelete