3.18.2010

ޖަމިއްޔަތުލްއަޚަވާތުގެ ނަމުގައި ޖަމްޢިއްޔާއެއް އުފައްދައިފި

ޚަބަރު ރާއްޖެއިސްލާމް
ޖަމްޢިއްޔަތުލް އަޚަވާތުގެ ނަމުގައި މުޅިން އާ ޖަމްޢިއްޔާއެއް އުފައްދައިފިއެވެ. މިޖަމްޢިއްޔާގެ ޙަރަކާތްތައް ބޮޑަށް ރޭވިފައިވަނީ އަންހެން ބޭފުޅުންނަށެވެ.

ޖަމްޢިއްޔާގެ މަޤްޞަދުތަކުގެތެރޭގައި އުޚްތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ، ދީނީ އަޤީދާ ހިތްތަކުގައި އަށަގަންނުވަން އެންމެ ރަނގަޅު ވަގުތަކީ ކުއްޖާގެ ޅަދުވަސްވަރު ކަމަށްވާތީ، މިކަމުގައި އެންމެ އިސްރޯލެއް އަދާކުރެވޭނީ މަންމައިންނަށް ކަމަށްވާއިރު، އެކަމަށް މަގުފަހިވާނެ ގޮތްތައް އަންގައިދީ އެކަމަށް މަސައްކަތް ކޮށް، ދީނަށް ލޯބިކުރާ، ރަގަޅު ޖީލެއް ބިނާކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ. އަދި އިތުރަށް ދީނުގެ ތަރަހައިގެ ތެރޭގައި އަންހެނުން، މުޖުތަމަޢު އަދި އިޤްތިޞާދު ވެސް އިޞްލާޙްކޮށް ބިނާކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ.

ހިންގާކޮމެޓީގައި 8 ބޭފުޅުންނާއި އިތުރު ޚާއްޞަ 10 މެންބަރުން ހިމެނޭ މިޖަމްޢިއްޔާގެ މޮޓޯއަކީ އިސްލާމްދީނުގެ ހިޔަލުގައި އުޚްތުން މިއެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

1 comment:

  1. masha allah.. it's such a pleasure for us, women
    mujthamauga dharin tharubiyyathu kuran thibey main ebai meehunge mas'ooliyyathu furihamayah adhaakurumah vedhevey varah bodu ehee eh mi ee
    hama yageenunves main ebaimeehunge mas'ooliyyathu adhaa kuraanama mujthamau hee nukurevey varuge heyo badhaleh annaane, insha allah
    mikan kurumuga ulhey hurihaa emmenah allah heyo jazaa dhehvaashi.. aamiin
    ghafarallaahu laka

    ReplyDelete