އައްޝައިޚް ޢަލީ ރިޟާ
1. ވެރިންނާއި މުއްސަދިންގެ ކިބައިން އެހީހޯދުމަކީ އިންސާނީ ޠަބީޢަޠެކެވެ. އަދި ބައެއްފަހަރު ވެރިން އެބައިމީހުން ހިތްއެދޭފަރާތްތަކަށް ނޫނީ އެބައަކު ދެކެ ޖެހިލުންވާ ފަރާތްތަކަށް އެތިކޮޅު ދިނުމަކީވެސް އާދަވެފައި އޮންނަކަމެކެވެ. މިތާގައި މިލިޔަނީ އުމަވީ ރަސްކަމުގެ ޚަލީފާއަކުކަމުގައިވި ހިޝާމުބްނު ޢަބްދުލްމަލިކާއި ސާލިމްބުނު ޢުމަރާ ދެމެދުގައި ހިނގި މިފަދަ ބައްލުވުމެއްގެ މާޖަރާއެވެ. މިދެބޭކަލުން ބައްދަލުވީ ގެފުޅުގެ ކައިރީގައި ޠަވާފުކުރުމުގެ ތެރޭގައެވެ.
• ޚަލީފާ: ކަލާ އެއްވެސް ޙާޖަތެއް ބޭނުމެއް އޮވެއްޖެނަމަ އަވަށް ދަންނަވާށެވެ!
• ސާލިމްބުނު ޢުމަރު: މިއީ ﷲގެ ގެކޮޅޭ. މިތާނގައި އެކަލާނގެ ފިޔަވައި އެހެންފަރާތަކުން ބޭނުމަކު އެދެން އަހަރެން ލަދުގަނެއެވެ.
ޠަވާފުކޮށްނިމިގެން ހުޝާމްބުނު ޢަބްދުލްމަލިކް ޙަރަމްފުޅުން ބޭރަށް ދިޔައިރު ބޭރުގައި ސާލިމްބުނު ޢުމަރު ހުއްޓާފެނުނެވެ.
• ޚަލީފާ: މިހާރު މިއީ ޙަރަމްފުޅެއްނޫނެވެ. ﷲގެ ގެކޮޅެއްވެސް ނޫނެވެ. ބޭނުންކަމެއް، އެއްޗެއް ބުނާށެވެ!
• ސާލިމު: ދުންޔަވީ ބޭނުމެއްތޯއެވެ؟ ނުވަތަ އުޚުރަވީ ބޭނުމެއްތޯއެވެ؟
• ޚަލީފާ: ދުންޔަވީ ކަމެކެވެ.
• ސާލިމު: ދުނިޔަވީ ޙާއްޖަތްތައް ފުރިހަމައަށް މިލްކުވެ ވޮޑިގެންވާ ފަރާތުންވެސް ދުނިޔަވީ ކަމަކަށް އަހަރެންނޭދެމެވެ. ވީއިރު އެފަދަ ފުރިހަމަ މިލްކުވެރިކަމެއްނުވާ ފަރާތަކުން އެދޭނީވެސް ކިހިނަކުންހެއްޔެވެ؟
• ސާލިމްބުނު ޢުމަރު: މިއީ ﷲގެ ގެކޮޅޭ. މިތާނގައި އެކަލާނގެ ފިޔަވައި އެހެންފަރާތަކުން ބޭނުމަކު އެދެން އަހަރެން ލަދުގަނެއެވެ.
ޠަވާފުކޮށްނިމިގެން ހުޝާމްބުނު ޢަބްދުލްމަލިކް ޙަރަމްފުޅުން ބޭރަށް ދިޔައިރު ބޭރުގައި ސާލިމްބުނު ޢުމަރު ހުއްޓާފެނުނެވެ.
• ޚަލީފާ: މިހާރު މިއީ ޙަރަމްފުޅެއްނޫނެވެ. ﷲގެ ގެކޮޅެއްވެސް ނޫނެވެ. ބޭނުންކަމެއް، އެއްޗެއް ބުނާށެވެ!
• ސާލިމު: ދުންޔަވީ ބޭނުމެއްތޯއެވެ؟ ނުވަތަ އުޚުރަވީ ބޭނުމެއްތޯއެވެ؟
• ޚަލީފާ: ދުންޔަވީ ކަމެކެވެ.
• ސާލިމު: ދުނިޔަވީ ޙާއްޖަތްތައް ފުރިހަމައަށް މިލްކުވެ ވޮޑިގެންވާ ފަރާތުންވެސް ދުނިޔަވީ ކަމަކަށް އަހަރެންނޭދެމެވެ. ވީއިރު އެފަދަ ފުރިހަމަ މިލްކުވެރިކަމެއްނުވާ ފަރާތަކުން އެދޭނީވެސް ކިހިނަކުންހެއްޔެވެ؟
2. ވެރިންގެ ދަރުބާރަށްގޮސް އެމީހުންގެ ގާތުގައި އެހެންމީހުންގެ ވާހަކަދައްކައި ނޫނީ އެމީހުންގެ ހުޝާމަދުކޮށްގެން ކައިބޯއުޅުމީވެސް އިންސާނުންގެ ޠަބީޢަތެކެވެ. މިފަދަ މީހަކު ޚަލީފާ ހިޝާމުބުނު ޢަބްދުލްމަލިކުގެ ދަރުބާރަށް އައިސް ދެންނެވިއެވެ. މަނިކުފާނުގެ އަރިހުގައި ވާހަކައެއް ނަންގަންނަން އައީމެވެ. ވިދާޅުވެއެވެ. ކަލޭއަހުރެންގެ ހުޝާމަދު ނުކުރާށެވެ. އެހެނީ، ކަލެއަށްވުރެ ބޮޑަށް އަހަރެންގެ ނަފުސުއެނގޭނީ އަހަންނަށެވެ. އަދި އަހަރެންގެ ގާތުގައި ދޮގުނުހަދާށެވެ. ދޮގުވެރިންގެ ބަހެއް އަހަރެން ޤަބޫލެއްނުކުރުމެވެ. އެދަބަހަކަށް ޖާގައެއްވެސް ނެތެވެ. އަދި އެހެންމީހެއްގެ ވާހަކަ ދައްކާ ނެތިނުބައި ނުކިޔާށެވެ. އެހެނީ ޣީބަބުނުމަކީ ޙަރާމްކަމެކެވެ. އެމީހާ ދެންނެވިއެވެ. އަހަރެންގެ ކުރިމަތީގައި ހުރިހާމަގެއް ބައްދުކުރެއްވީ އެވެ. ދިޔުމުގެ ހުއްދަދެއްވާށެވެ.
މީހަކު ތިބާގެ ކުރިމަތީގައި ތިބާގެ ތަޢުރީފުވެސް ކޮށްފާނެވެ. ޚުޝާމަދުކޮށްފާނެވެ. މިފަދަކަންތައްތަކަކީ ތިބާ ބޮޑާވެ ކިބުރުވެރިވުމަށް މަގުފަހިވާކަމެކެވެ.
ވީމާ މިފަދަ ޙާލަތުގައި ﷲ ގެ ރައްކާތެރިކަން ހޯއްދާށެވެ. ދުޢާކުރާށެވެ. މިގޮތުން މިދުޢާ ކިޔިދާނެވެ. اَللَّهُمَّ اجْعَلْنِىْ خَيْرًا ممِمَّا يَظُنُّوْن وَاغْفِرْ لِىْ مَالاَ يَعْلَمُوْن މާނައީ: ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އެބައިމީހުން މިއަޅާއާމެދު ހީކުރާގޮތަށްވުރެ ރަނގަޅު ހެޔޮމީހަކު ކަމުގައި މިއަޅާ ލައްވާފާދޭނވެ! އަދި މިއަޅާއާ ބެހޭގޮތުން އެބައިމީހުންނަށް އެނގިގެންނުވާ ކަންތައް މާފުކޮށްދެއްވާ ފުއްސަވާފާދޭވެ!”
ލުޤްމާނުގެފާނުގެ ޙިކްމަތް:
އެކަލޭގެފާނުގެ އަޅެއްގެ ގޮތުގައި ޙަބުޝްކަރައިގެ މީހަކު އުޅުނެވެ. އޭނާގެ ގާތުގައި ބަކަރިއެއް ކަތިލާފައި އޭގެ އެންމެ ރަނގަޅު ދެމަސްކޮޅު ގެނެސް ދިނުމަށް އެދުނެވެ. ދެން އޭނާ ބަކަރި ކަތިލާފައި އޭގެ ދުލާއި ހިތް އެކަލޭގެފާނުގެ އަރިހަށް ގެންދެވިއެވެ. ލުޤްމާނުގެފާނު: ބަކަރީގެ އެންމެ ރަނގަޅު ދެމަސްކޮޅަކީމިއީތަ؟ އަޅުކަލޭގެ ނޫން ހުރެދާނެ. ލުޤްމާން: ބަކަރި އެއް ކަތިލާށެވެ. އޭގެ އެންމެ ގޯސް ދެމަސްކޮޅު އެއްލައިފައި ދެން ހުރި ބައިތަށް ގެންދާށެވެ. އަޅުކަލޭގެ ބަކަރިކަތިލާފައި ދުލާހިތް އެއްލައިފައި ދެން ހުރިބައި ގެނެސް ދެއްވިއެވެ. ވިދާޅުވިއެވެ. ތިޔަހެދީ ކިހިނެއްހޭ؟ އެންމެ ރަނގަޅު ދެމަސްކޮޅު ގެނެސްދޭށޭ ބުނީމާވެސް ގެނައީ ހިތާއި ދުލެވެ. އެންމެ ގޯސް ދެމަސްކޮޅު އެއްލައިލާށޭ ބުނީމާވެސް އެއްލާލީ ހަމަހިތާއި ދުލެވެ. އަޅުކަލޭގެ ދެންނެވިއެވެ. ދުލާއި ހިތަކީ ރަނގަޅު ގޮތުގައި ބޭނުންކުރެވިއްޖެނަމަ އެންމެ ރަނގަޅު ދެއެއްޗެވެ. ގޯސްކޮށް ބޭނުންކުރެވިއްޖެނަމަ އެންމެ ގޯސް ދޭތިވެސް މެއެވެ.
http://www.hikumaiy.co.cc/2009/11/blog-post_09.html
ReplyDelete