12.31.2011

އުފެދުމުގައި އަންހެނުންނާ ފިރިހެނުންވެސް ވަނީ އެއްބަޔަކު އަނެއްބަޔަކަށް ބަރޯސާވެގެން

އަލްއަޚް ޢަބްދުއްރަޙީމް މުޙައްމަދު ޅޮހީ
އަންހެނުންނާއި ފިރިހެނުންގެ މެދުގައި ރޫޙާނީގޮތުން އެފަދަ އެއްގޮތް ކަންތައްތަކެއް ހުރިއިރު، ދީނުގެ ޙައްޤުތަކާއި ވާޖިބުތަކާއި އަދި ވަކި ޖިންސަކަށް ޚާއްޞަ ކަންތައްތަކުގައި ދެބައިމީހުންގެ ދެމެދުގައި ފަރަޤުވަނީ ކީއްވެބާއޭ ސުވާލުއުފެދިދާނެއެވެ.

ތިރީގައިމިވާ ސުވާލުތަކަކީ މިފަދައިން މުސްލިމުންނާއި އަދި މުސްލިމުނޫން މީހުންވެސް ވަރަށް ގިނައިން ކުރާ ސުވާލުތަކެކެވެ.

އިސްލާމްދީނުގައި އަންހެނުން ގޭގައި ތިބުމަށް ބާރުއަޅަނީ ކީއްވެގެންހެއްޔެވެ؟
އިސްލާމް ދީނުގައި އަންހެނުން ބުރުގާ އަޅަންޖެހެނީ ކީއްވެގެންހެއްޔެވެ؟
ވާރުތަ މުދަލުން ފިރިހެނުންނަށްވުރެ މަދުން އަންހެނުންނަށް ލިބެނީ ކީއްވެގެންހެއްޔެވެ؟
އަންހެނުންނަށް ފިރިހެނުންނެކޭ އެއްގޮތަށް ހެކިބަސް ނުދެވެނީ ކީއްވެގެންހެއްޔެވެ؟
އަންހެނުންނަށް ވެރިކަން ނުކުރެވެނީ ކީއްވެގެންހެއްޔެވެ؟

އަދިވެސް މިފަދަ ވަރަށްގިނަ ސުވާލުތަކެއް ގިނަބަޔަކު އުފައްދަމުން ދެއެވެ. އިސްލާމީ ޝަރީޢަތުގެ މިފަދަ ޤަވާޢިދުތައް ދެނެގަނެވޭނީ ފުރަތަމަ ދީނުގައި މިކަންކަމުގެ އަސާސްތައް ދެނެގަނެގެންނެވެ. އެއީ މިދެޖިންސަކީ ދެޖިންސުގެ މައްޗަށް ބަރޯސާވެގެންވާ ދެޖިންސަށް ވާކަމަށްޓަކައެވެ. މިޒަމާނުގައި ޒަމާނީ ބޭސްވެރިކަމުގެ ހޯދުންތަކުންވެސް އެގޭގޮތުގައި ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން އަދި ޚަލްޤުކުރެވިފައިވާ ގޮތުގައިވެސް ދެޖިންސުގައި ތަފާތު އެބަހުއްޓެވެ. މިދެ ޖިންސަކީވެސް ﷲ ޢައްޒަ ވަޖައްލަ އުފައްދަވާފައިވާ ބަޔަކަށް ވާއިރު އެދެބައިމީހުންގެ ތަފާތު ބޮޑަށް ދެނެވޮޑިގެންނަވާނީ އެ ހެއްދެވި ފަރާތް ފިޔަވައި ދެން ކޮންފަރާތެއްހެއްޔެވެ؟ ވީމާ ޠަބީޢީގޮތުން މިއިން ކޮންމެ ފަރާތަކަށްވެސް، އަންހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް މުޖުތަމަޢުގެ އިޖުތިމާޢީ ހަމަހަމަކަން ހިފެހެއްޓުމަށްޓަކައި ތަފާތު ކަންތައްތަކެއް ނުވަތަ ދައުރެއް ވާނީ ދެއްވާފައެވެ.

އެއްވެސް ޖިންސަކީ ވަކި ޖިންސަކަށްވުރެ މަތިވެރި ނުވަތަ ދަށުދަރަޖައިގެ ޖިންސެއް ނުމެނޫންމެއެވެ. މުޖުތަމަޢުގައި އަންހެނުންނާއި ފިރިހެނުންގެ މިސާލަކީ އެކަތިގަނޑެއްގެ މިސާލެވެ. އެތަނުން އެއްބައި ނެތްނަމަ އެއެއްޗެއް ފުރިހަމައެއްނުވާނެއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢަށް ބަލަމާތޯއެވެ؟ މުޖުތަމަޢުގައި އުޅޭ ތަފާތު މީހުންތަށް ކޮންމެދުވަހަކުވެސް ފެންނާނެއެވެ. ޑޮކްޓަރުންނާއި، މުދައްރިސުންނާއި ދަނޑުވެރިންނެވެ. މިއިން ކޮންމެމީހަކީވެސް މުޖުތަމަޢަށް ވަރަށް ފައިދާހުރި ފަރާތެކެވެ. މުޖުތަމަޢު ފުރިހަމަ މުޖުތަމަޢަކަށް ވަނީ މިހުރިހާ ފަރާތްތަކެއް އެކުވުމުންނެވެ. ހުރިހާ ފަރާތްތަކަކީވެސް ތަފާތު، ތަފާތުކަންތައްތަކެއް ކުރާ ތަފާތު މީހުންނެވެ. ނަމަވެސް މުޖުތަމަޢަށް މިއެންމެންވެސް މުހިންމުވާނީ އެއްވަރަކަށެވެ. ކޮންމެ ފަރާތެއްވެސް އެފަރާތަކުން ކުރާކަމަކަށް ވަރަށް މޮޅުވާނެއެވެ. އަދި މިއިން ކޮންމެ ފަރާތަކުންވެސް އަނެއްފަރާތަށް ޚިދުމަތް ފޯރުކޮށްދޭނެއެވެ.

ހަމަ އެބީދައިން އަންހެނުންނާއި ފިރިހެނުންނަކީވެސް ތަފާތު ޖިންސެއް ކަމުގައިވިޔަސް އެދެ ޖިންސުވެސް އެދެފަރާތަށް ޚާއްޞަ ކަންތައްތަކުގައި ނުވަތަ ދައުރު އަދާކުރުމުގައި ހަމަ ބަޔާންކުރެވުނު މިސާލުގައިހެން ތަފާތުވާނެއެވެ. އަދި އެފަރާތަށް ރަގަޅަށް ކުރެވޭނީ އެފަރާތަށް ޚާއްޞަ ކަންކަމުގައެވެ. އަދި މިދެޖިންސަކީވެސް އެއްކަމެއް ކުރުމުގައި އެއްވަރު ބައެއްކަމުގައި ވުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment