4.30.2010

މަންމަގެ މަޤާމް

އަލްއަޚް މުޞްތަފާ
މިދަންނަވާލަނީ އަލަށް އިސްލާމްވި މީހަކާއި އޭނާގެ މަންމައާބެހޭ އަސަރުގަދަ ވާހަކައެކެވެ. އުމުރުން 18 އަހަރު ވަންދެން މީނާ އުޅުނީ އޭނާގެ މަންމަ ގާތުގައެވެ. އޭރަކު އޭނާ އަދި އިސްލާމެއްނުވެއެވެ. ދެން އޭނާ އެގެއިން ނުކުމެގެން މުޅީން އަމިއްލައަށް އުޅެން އެހެން ތަނަކަށް ދިޔައެވެ.

މިގޮތަށް އުޅުމުގެ ތެރޭގައި ބައެއް މުސްލިމުންނާ އޭނާއަށް ރައްޓެހިވެވިއްޖެއެވެ. އަދި އެމީހުންނަކީ އޭނާ ވަރަށް ގާތް ބަޔަކަށްވެސް ވެއްޖެއެވެ. އެންމެފަހުން އިސްލާމްދީނުގެ ފުރިހަމަކަން އޭނާއަށް އެނގި، އޭނާ ވެސް އިސްލާމްދީން ޚިޔާރު ކޮށްފިއެވެ. ކޮންމެ ދުވަހަކު ވެސް އޭނާ އިސްލާމްދީނާ ބެހޭ އިތުރު މަޢުލޫމާތެއް ލިބޭތޯ މަސައްކަތް ކުރެއެވެ. މިގޮތަށް މަސައްކަތް ކުރަމުންދިޔަ ދިއުމުގެ ތެރޭގައި އެއް ދުވަހަކު އޭނާއަށް އިސްލާމްދީނުގައި މައިންބަފައިންނަށް ކަމޭހިތުމުގެ ފައިދާ އޮޅުންފިލައިފިއެވެ. އަދި މިކަމުން ލިބޭ ދަރުމަ އާއި ޘަވާބު ވަރަށް ރަނގަޅަށް ސާފުވެއްޖެއެވެ. ކިޔަމަންތެރިކަމުގެ ލޮލަކުން މައިންބަފައިންނަށް ބެލުމަކީވެސް ވަރަށްބޮޑު ޘަވާބެއް ލިބޭ ކަމެއްކަން އޭނާ އަށް އެނގިއްޖެއެވެ. މި މަޢުލޫމާތު ލިބުމުން އޭނާ މަންމަގެ ގާތަށް ދިއުމަށް ނިންމައިފިއެވެ. އޭރު އޭނާ، މަންމަގެ ކައިރިއަށް ޒިޔާރަތް ނުކުރާތާ އެތައް އަހަރެއް ވެއްޖެއެވެ. އޭނާ މަންމަގެ ގެޔަށް ދިއުމުގެ މަގުމަތީގައި މާބޮނޑި އަކާއި މޭވާކޮޅެއް ގަތެވެ. އެހާ ގިނަ ދުވަސްކޮށްފައި ދަރިފުޅު ފެނުމުން މަންމަ ވަރަށް އުފާވިއެވެ. މިދުވަހަށްފަހު ދޭތެރެ ދޭތެރެއިން މި ދަރިފުޅު މަންމަ ކައިރިއަށް ޒިޔާރަތް ކުރެއެވެ. އަދި މިއިން ކޮންމެ ފަހަރަކު ވަރަށް ގިނަ ވަގުތު އެގޭގައި މަޑުކުރެއެވެ. މިގޮތަށް ޒިޔާރަތްކުރާ ފަހަރު ތަކުގައި އޭނާ، މަންމަގެ މޫނަށް ބަލަން އިނދެއެވެ. އަދި އޭނާގެ ލޮލުން ކަރުނަތައް އޮހިގެން ދެއެވެ.

މިކަންތައްތައް މިހެން ވާކަން ފާހަގަ ކުރެވިގެން އެއްދުވަހަކު މަންމަ އޭނާގެ ދަރިފުޅުގެ ގާތުގައި، ކުއްލިއަކަށް މިހާ ގިނައިން އަންނަން މިފެށީ ކީއްވެގެން ކަމާއި، މަންމައާ ދިމާލަށް ބަލަން އިނދެގެން ރޮނީ ކީއްވެތޯ ސުވާލު ކޮށްފިއެވެ. އޭނާ، މަންމަ ކައިރީ އޭނާ އިސްލާމްވި ގޮތުގެ ވާހަކަ ކިޔައިދިނެވެ. އަދި މާތްވެގެންވާ އިސްލާމްދީނުގައި މަންމައެއްގެ މަޤާމަކީ ވަރަށް މަތިވެރި މަޤާމެއްކަން ބުނެދިނެވެ. އަދި މަންމައާ ދިމާލަށް ބެލުމަކީވެސް ޘަވާބު ލިބޭނޭ ކަމެއް ކަމުގައި ބުންޏެވެ. މަންމައާ ދިމާލަށް ބަލަން އިންނައިރު ރޮވެނީ މަންމައަކީ މުސްލިމަކު ކަމުގައި ނުވާތީ އާއި މިގޮތުގައި ހުރެ މަންމަ މަރުވެއްޖެނަމަ ލިބޭނެ ޢަޛާބުގެ ބޮޑުކަން ހިތަށް އަރާތީ ކަމުގައި ބުންޏެވެ. އެހިނދު މަންމައަށް އިސްލާމްދީނުގެ ރިވެތިކަން ފާހަގަކުރެވިއްޖެއެވެ. އަދި އޭނާ އިސްލާމްވިއެވެ.
-----------------------------
=ދަރުމަ މަޖައްލާގެ 2004 ޖެނުއަރީ އިން ނަގާފައި=

ފޭސްބުކްގައި ޝެއަރ ކުރައްވާ

4 comments:

  1. alhamshulillah! MAMMA ge muhinmmu kan dhenegain fi meeha a e suvaruge libigen va meehunge there in himeney ba eh.. mamma aki kithamme nikamechakas mamma vaanee hama mamma yah.. insha allah i will never leave my mothers hand..

    ReplyDelete
  2. if a mum is not that good, a person who scolds all the time and beats, still then do we have to be kind and nice to her? hope to get an answer soon.

    ReplyDelete
  3. ސުވާލު:އަޅުގަނޑުގެ ރައްޓެއްސަކީ އޭނާވިހެއުމަށްފަހު އޭނާގެ މައިން ބަފައިން ވަކިވެ އޭނާ ދޫކޮށް ދެމީހުންވެސް އޭނާއަށް އަޅާލި މީހެއްނޫނެވެ. އޭނާގެ ހުރިހާ ބުރައެއް އުފުލާ ތަރުބިއްޔަތުކުރި ބަޔަކީ އޭނާގެ ކާފައާއި މާމަކަމަށްވުމުން، އޭނާ ބަލަނީ އޭނާގެ މައިންބަފައިންނަކީ އެދެމީހުންކަމުގައެވެ. އޭނާގެ މައްޗަށް އޭނާގެ އަސްލު މައިންބަފައިންގެ ހައްގުވޭތޯއެވެ؟

    ޖަވާބު:

    الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

    އިންސާނާ ދުނިޔެއަށް އައުމަށް މެދުވެރިވާ ބަޔަކީ އެމީހެއްގެ މަންމަ އާއި ބައްޕަ އެވެ. އެހެންކަމުން، އެމީހުންނާއި މެދު ހެޔޮކޮށް ކަންތައްކޮށްދޭން ޖެހެއެވެ. އެމީހުން ތިމާ ކުޑައިރު ކައިވެނި ރޫޅި، މަންމަ އާއި ބައްޕަ ވަކިވެ، އަޅާނުލި ކަމުގައިވީނަމަވެސް މަންމަ އާއި ބައްޕަ އަށް ވީތީ އެމީހުންނަށް ހެޔޮކޮށް ހިތަންވާނެއެވެ. އަބޫހުރައިރާ- ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لاَ يَجْزِى وَلَدٌ وَالِدًا إِلاَّ أَنْ يَجِدَهُ مَمْلُوكًا فَيَشْتَرِيَهُ فَيُعْتِقَهُ) މާނައަކީ: "އެމީހެއްގެ ބައްޕަ އަޅެއްގެ ގޮތުގައިވަނިކޮށް މިނިވަންކުރުމަށް ދާންދެން ބައްޕަ އަށް ހެޔޮކޮށް ހިތިކަމަކަށް ނުވާނެއެވެ". މީގެ މާނައަކީ ކަމުގެ ބޮޑުކަމެވެ. މަންމަ އާއި ބައްޕަ ތިމާ ކުޑަ އިރުގައި އަޅާ ނުލުން އެއީ އެމީހުންގެ ކުށެކެވެ. އެހެންނަމަވެސް، ތިބާގެ ފަރާތުން އެމީހުންނަށް އަދާކޮށްދޭންޖެހޭ ޙައްގުތައް އަދާކޮށްދޭށެވެ. އޭރުން ތިބާގެ ވާޖިބު އަދާކުރެވުނީއެވެ.

    ކާފަ އާއި މާމަ އަކީ ވެސް ހެޔޮކޮށް ހިތަންޖެހޭ ބަޔެކެވެ. އެހެންކަމުން މަންމަ އާއި ބައްޕަ އެއް ފަދައިން އެދެމީހުންނަށްވެސް ހެޔޮކޮށް ހިތާށެވެ. والله أعلم




    ޖަވާބު ދެއްވީ: ފަޟީލަތުއްޝައިޚް މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް

    ReplyDelete
  4. އަޅުގަނޑަކީ އެހެންރަށެއްގެ މީހަކާއި އިދެގެން މާލޭގައި އުޅެމުންއަންނަ އަންހެނަކީމެވެ. ކައިވެންޏަށް 4 އަހަރުފަހުން ފިރިމީހާގެ މަންމަ އަހަރެންގާތަށް މާލެއައެވެ. އަހަރެން ހުރީ ވަރަށް އުފަލުންނެވެ. އެދުވަސްކޮޅަކީ އަހަރެން ފިރިމީހާ މާލޭގައި ނޫޅޭދުވަސްކޮޅެކެވެ. މަންމަ އަހަރެންނާއި އެކު އުޅެންފެށުމުން މަންމަ ކިބައިގައި ހުންނަ ނެދޭ ސިފަތައް ފެންނަށް ފެށިއެވެ. މިސާލަކަށް ގޭގެ ދޮރުމައްޗަށްވެސް ކުޑަކަމު ގޮސްފާނޭ، ކާންއިންނައިރު މަންމަ ނުކާ އެއްޗެތި ގޭގެ އެކިދިމަދިމާލަށް އުކާހަދާނެއެވެ. ފެންވަރާނީވެސް ހަފްތާއަކު އެފަހަރެވެ. މިކަންތަކާއި އަހަރެން އެއްގޮތަކަށްވެސް ހިތްހަމަ ނުޖެހެއެވެ. ދެރަވެސްވެއެވެ. އެހެންކަމުން މަންމަ ގާތު ވަރަށް ރަނގަޅަށް ކަންތައްކުރާނެގޮތުގެ ވާހަކަ ކިޔައިދިނީމެވެ. އެހިސާބުން މަންމަ އަހަރެންދެކެ ރުޅިއަންނަ ފެށިއެވެ. އަހަރެން އަލައެނުލަމެވެ. ފާހާނާ އަށް ވައްދައި ފެންވަރުވާވެސް ަދަމެވެ. ދުވަސްތައް ފާއިތުވަމުންގޮސް ފިރިމީހާ މާލެ އަތުވެއްޖެއެވެ. ފިރިމީހާގާތު މަންމަ މުޅިން ދެކީ އަހަރެންނޭ ކިޔާފއި ދޮގުވާހަކަ ތަކެކެވެ. ނަމަވެސް ފިރިމީހާއަށް މަންމަ ގެ ގޮތާއި އަހަރެން ގޮތްވެސް ރަނގަޅަށް އެގޭތީ މަންމަ ގާތު އެކަހަލަ ދޮގު ނުހެދުމަށް ބުންޏެވެ. އެކަމާއި މަންމަ ހިތަހަމަ ނުޖެހުނެވެ. ގެއިން ކެއުން ހުއްޓާލީ އެވެ. ނަމަވެސް އެއީ އަހަރެމެން ތިބޭ ގަޑީގައެވެ. އަހަރެމެން ކޮޓަރީގަ އުޅޭގަޑިބަލާފައި ކާއެއްޗެތި ނަގައިގެން މަންމަ ނިދާ ކޮޓަރިއަށް ވަދައިގެން ކައިހަދައެވެ. އަހަރެން އަޅައެއްނުލަމެވެ. އަހަރެން ފިރިމީހާއަށް ކުޑައިރު މަންމަ އެހާ އަޅައެއްނުލައެވެ.ނަމަވެސް ފިރިމީހާ މަންމައަށް ކުރަންޖެހޭ ހުރިހާ ކަމެއް ބަރާބަރަށް ކުރެއެވެ. މިހެންދުވަސްތައް ވޭތުވަމުންދަނިކޮށް އަހަރެންގެ ރައްޓެއްސެއް ޓަކްޓަރަށް ދައްކަން މާލެއައިސް އަހަރެން ގޭގަ ހުއްޓެވެ. އޭނަ ގަނެފައި އަލަމާރީގައި ބާއްވާ ފައިވާ ބޮޑު ޗޮކްލެޓެއް މަންމަ ވަގަށް ނެގިއެވެ. އެހިސާބުން އަހަރެންވަރަށް ރުޅިއެެވެ. އަދި މަންމަ ގާތު މަންމަ ތިކުރީ ވަށްކަމެކޭ ބުނީމެވެ. އެކާއި ހިތްހަމަނުޖެހި މަންމަ ރަށަށް ގޮސްފިއެވެ. މިހާރުވެސް އަހަރެން މަންމައަށް ގުޅަމެވެ. އެއްވެތިވެސް ފޮނުވަމެވެ. އަހަރެންނަށް މަންމަ ތިކުރި ވައްކަމެކޭ ބުނުން އެއީ ކޮންކަހަލަ ކަމެއްތޯ އޭ!

    ReplyDelete