3.16.2010

ޢާއިޝާ ރަޟިޔަﷲ ޢަންހާ

އައްޝައިޚް އިބްރާހިމް ރަޝީދު މޫސާ
ނަސަބުފުޅު
އުއްމުލް މުއުމިނީން السيدة عائشة رضى الله عنها އަކީ أبوبكر أبى قحافة ގެ ދަރިކަނބަލެކެވެ. މަންމާފުޅަކީ އުންމު ރޫމާންއެވެ. ޢާއިޝަތުގެފާނުގެ ކުންޔާއަކީ އުންމު ޢަބްދުﷲ އެވެ. އެއީ އެކަމަނާގެ ދައިތާފުޅު އަސްމާ ބިންތި އަބީ ބަކުރުގެ ޢަބްދުﷲ ގެފާނަށް ނިސްބަތްކޮށެވެ. ޢާއިޝަތުގެފާނަކީ ކީރިތި ރަސޫލާ صلى الله عليه وسلم ތިންވަނައަށް ކައިވެނި ބައްލަވައިގެންނެވި ކަމަނާއެވެ.
އެކަމަނާ ފިޔަވައި އެހެން ދެވަނަ ބިކުރުވެރި ބޭކަނބަލަކާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ކައިވެނި ބައްލަވާވަޑައިނުގަންނަވައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އެކަމަނާއާ ކައިވެނި ކުރެއްވުމަށް އެންގޭޖްވެވަޑައިގަތީ މައްކާގައި އެކަމަނާގެ ޢުމުރުފުޅުން 7 އަހަރު ފުޅުގައެވެ.
ރައްކައުވުން
އައްސައްޔިދާ ޢާއިޝާ ރައްކައުވީ ކީރިތި ރަސޫލާ صلى الله عليه وسلم ރަސޫލު ކަމާއިގެން ފޮނުއްވުނުތާ ހަތަރު އަހަރު ނުވަތަ ފަސްއަހަރު ފަހުންނެވެ. އެކަމަނާ ޝިރްކުގެ އެއްވެސް ކަމެއް ދެކެވަޑައެއް ނުގަންނަވައެވެ. ޢާއިޝަތުގެފާނު ތުއްޕުޅުއިރު އެކަމަނާއަށް ހެޔޮކޮށް ހިއްތެވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، އެކަމަނާގެ މަންމާފުޅަށް ނަޞޭޙަތްދެއްވިއެވެ.
ކައިވެނި ބައްލަވައި ގަތުން
ކީރިތި ރަސޫލާ صلى الله عليه وسلم ޢާއިޝަތުގެފާނާ ކައިވެނި ބައްލަވައިގަތީ އެކަން ކުރެއްވުމަށް އަމުރު ކުރެއްވިގެންނެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ކިބައިން ވާރިދުވެފައިވާ ގޮތުގައި ޖިބްރީލުގެފާނު ހުވަފެންފުޅުގައި އެތައް ފަހަރަކު ވަޑައިގެން ޢާއިޝަތުގެފާނަކީ ދުނިޔެއާއި އާޚިރަތުގައި އެކަލޭގެފާނުގެ އަނބިކަނބަލެއް ކަމަށް ދެންނެވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޢާއިޝަތުގެފާނާއި ކައިވެނި ބައްލަވައިގަތުމަށްޓަކައި 400 ދިރުހަމް ރަނުގެގޮތުގައި ދެއްވިއެވެ. ކައިވެނީގެ ރަސްމިއްޔާތުއޮތީ މަދީނާގައި އަބޫބަކުރުގެ ފާނުގެ ގެކޮޅުގައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ވިދާޅުވި ގޮތުގައި އެކަލޭގެފާނު އެންމެ ލޯބިފުޅުވެވަޑައިގަންނަވާ އަންހެންބޭކަނބަލަކީ ޢާއިޝަތުގެފާނެވެ. ޢާއިޝަތުގެފާނު ވިދާޅުވާގޮތުގައި ރަސޫލުﷲ ގެފާނުގެ އެހެން އަނބިއަނބިކަނބަލުންނަށް ލިބިވަޑައި ނުގަންނަވާ އެތައް ޝަރަފެއް އެކަމަނާ އަށް ލިބިވަޑައިގެންނެވިއެވެ.
އޭގެތެރޭގައި:
(ހ) އެކަމަނާ ފިޔަވައި އެހެން ބިކުރުވެރި އެހެން އަންހެންބޭކަނބަލަކާއި ކައިވެނި ބައްލަވައި ވަޑައިނުގަތުން.
(ށ) އެމީހެއްގެ މައިންބަފައިން ހިޖްރަކުރި އެހެން އަންހެންބޭކަނބަލަކާއި ކައިވެނި ބައްލަވައި ވަޑައިނުގަތުން.
(ނ) މާތްﷲ އެކަމަނާގެ ކުށެއްނެތްކަން ބާވައި ލެއްވުން.
(ރ) އެކަމަނާގެ ކޮޓަރި ކޮޅުގައި ރަސޫލުﷲ ގެފާނު ހުންނަވަނިކޮށް ވަޙީ ބާވައިލެއްވުން.
(ބ) އެކަމަނާގެ ގަނޑުވަރުގައި އޮންނަވައި ދުނިޔެ ދޫކުރެއްވުން.
(ޅ) އެކަމަނާގެ ގަނޑުވަރުގައި ރަސޫލާ صلى الله عليه وسلم ފަސްދާނު ވެޑުވުން.
ކީރިތި ރަސޫލާ صلى الله عليه وسلم ސުވަރުގެ ވަޑައިގެންނެވިއިރު ޢާއިޝާގެ ފާނުގެ ޢުމުރުފުޅަކީ 18 އަހަރު ފުޅެވެ.
ޢާއިޝާ ގެފާނުގެ ޢިލްމު ވެރިކަން
ޢާއިޝާގެފާނަކީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ މަދްރަސާ އިން ކިޔަވާވިދާޅުވި ބޭކަނބަލެކެވެ. ރަސޫލާ صلى الله عليه وسلم ގެފާނު އުނގަންނަވާ ދެއްވި ހުރިހާ އެއްޗެއް ރަގަޅަށް ދަސްފުޅު ކުރައްވައިގެން އިންނެވި ބޭކަނބަލެކެވެ. ބުނެވޭ ގޮތުގައި ރަސޫލާ صلى الله عليه وسلم ގެ އަނބިކަބަލުންގެ ތެރޭގައި އެންމެ ވިސްނުންފުޅުތޫނު ދަސްކުރެއްވުމުގައި ބާރުގަދަ ބޭކަނބަލަކީ ޢައިޝާގެފާނެވެ. ޢައިޝާގެފާނު ބޮޑުފުޅު ވަމުންދިޔައީ ދީނުގެ ކަންތައް ތަކުގައި ގަދައަޅުއްވައި މަސައްކަތްޕުޅު ކުރައްވާ ބޭކަނބަލެއްގެ ގޮތުގައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ތާރީޚް އެންމެ ރަގަޅަށް ދެނެވަޑައިގަންނަވާ ބޭކަނބަލަކު ކަމުގައި އެކަމަނާ ވެވަޑައިގަތެވެ. ދަންނަ ބޭކަލުންނާއި އަޞްޙާބުންގެ ބޭކަނބަލަކު ކަމުގައި އެކަމަނާ ވެވަޑައިގަތެވެ. ދަންނަ ބޭކަލުންނާއި އަޞްޙާބުންގެ މަޖްލިސްގައި އެކަމަނާގެ މަޤާމަކީ އުސްތާޛުގެ މަޤާމެވެ. އަންހެނުންނާއިބެހޭ ޙުކުމްތަކާއި ރަސޫލާ صلى الله عليه وسلم ގެ ގެކޮޅުތެރޭގެ ހުރިހާ މަސްއަލަތަކެއް އޮޅުން ފިލުއްވުމަށްޓަކައި ޢުމަރުގެފާނު ވަޑައިގަންނަވަނީ ޢާއިޝަތުގެފާނުގެ އަރިހަށެވެ. އަތާއު ބިން ރަބާޙް ވިދާޅުވާ ގޮތުގައި ޢާއިޝަތުގެ ފާނަށްވުރެ ފިޤްހުވެރި ބޭކަނބަލަކުނެތެވެ.
އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ޢަބްދުﷲ ބިން ޢުމަރާއި އަބޫހުރައިރާ އިބްނު ޢައްބާސާއި އިބުނުލްޒުބައިރު އެކަމަނާގެ ބަސްފުޅާ އެއްގޮތަށް ކަންތައް ކުރެއްވިއެވެ. ޢުމަރުގެފާނާއި ޢުޘްމާނުގެފާނުގެ ވެރިކަމުގައި އެކަމަނާ ފަތުވާ ދެއްވަން އިންނެވި އެވެ. އަލް ޙާކިމް ވިދާޅުވަނީ އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކުގެ 4/1 އަހަރެމެންނާއި ހަމައަށް އައިސްފައިވަނީ ޢާއިޝަތުގެ ފާނުގެ ކިބައިންނެވެ. އަބޫމޫސަލް އަޝްޢަރީ ވިދާޅުވާގޮތުގައި "ރަސޫލުﷲގެ ފާނުގެ އަޞްޙާބު ބޭކަލުންނަށް ޙަދީޘަކާއި މެދު މައްސަލައެއް ޖެހިއްޖެނަމަ އަހަރެމެންދަނީ ޢާއިޝަތުގެފާނުގެ އަރިހަށެވެ. އެކަމަނާގެ އަރިހުން އަހަރުމެން ބޭނުންވާ އެއްޗެއް އޮޅުން ނުފިލައެއް ނުދެއެވެ." އެކަމަނާގެ އަރިހުން 1010 ޙަދީޘް ދަންނަ ބޭކަލުން ރިވާކުރެއްވިއެވެ. އޭގެ ތެރެއިން 174 ޙަދީޘް އަލްބުޚާރީ އާއި މުސްލިމް ރިވާކުރައްވާފައި ވެއެވެ.
ކީރިތި ޤުރުއާނާއި މިރާޘާއި ޙަލާލާއި ޙަރާމާއި ޢަރަބިންގެ ނަސަބާއި ޅެންވެރި ކަމުގައި ޢާއިޝަތުގެފާނަށް ވުރެ ބޮޑު ޢިލްމުވެރިއަކު ނުވާކަމަށް ހިޝާމްބިން ޢުރުވަތުގެ ކިބައިން "حلية اللأ ولياء" ގައި ބަޔާން ކުރައްވާފައި ވެއެވެ.
އިސްލާމީ ތާރީޚް ދެކޭގޮތުގައި އަންހެނުންގެ ދުނިޔޭގައި އެންމެ އަގުހުރި ޢިލްމުވެރިއަކީ ޢާއިޝަތުގެފާނެވެ. އިސްލާމްދީން މީސްތަކުންނާއި ހަމައަށް ފޯރުވުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލެވި ޢާލިމުންގެ ތެރޭގައި ޢާއިޝަތުގެފާނު ގުނާލަން ޖެހެއެވެ.
އަވަހާރަވުން
ޢާއިޝަތުގެފާނު އަވަހާރަވީ ޢުމުރު ފުޅުން 69 އަހަރުގައި 58ހ. ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވިލޭރެއެވެ. އެކަމަނާ ފަސްދާނު ލެވުނީ މަރުވާނު ބުނުލް ޙަކަމްގެ ވެރިކަމުގައި އަލްމަދީނާގެ އަލްބަޤީޢުގައި ރޭގަނޑުއެވެ. އެކަމަނާގެ މައްޗަށް އިސްވެ ކަށުނަމާދު ކުރެއްވީ އަބޫ ހުރައިރަތުގެފާނެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

7 comments:

  1. ކައިވެނި ބައްލަވައިގެންނެވިއިރު ޢާއިޝަތުގެފާނުގެ ޢުމުރުފުޅަކީ 19 އަހަރު

    http://knowourtrueenemy.blogspot.com/2010_01_01_archive.html

    ReplyDelete
  2. “CONCLUSION: The Prophet did not marry a seven-year-old Ayesha because it would have violated the requirement of the valid permission clause of the Islamic Marriage Decree. Therefore, the Prophet married an intellectually and physically mature lady Ayesha.”

    http://www.irfi.org/articles/articles_151_200/ayesha_age_the_myth_of__a_prover.htm

    ReplyDelete
  3. “Conclusion: Taking all the various pieces of evidence into consideration, the conclusion of this investigation is that the nikah of Aishah to the Prophet of Islam took place when she was around 16-17 years old, and not 6; and her marriage was solemnized when she was 19 and not 9. The Prophet died when she was 28, not 18; and she became one of the leading scholars and teachers of Islam, giving aid and advice to the subsequent Caliphs.

    https://www.islamicvision.co.uk/index.php?route=product/product&path=1_29&keyword=BK0999&product_id=1303

    ReplyDelete
  4. “… as far as the age of Hazrat Aisha is concerned, another well known islamic historican HAKEEM MEHMOOD AHMED ZAFAR SIALKOTI has argued extremely well in his book UMAHAAT UL MOMINEEN and concluded the same age i.e. 19years at the time of marriage...”

    http://islamic-forum.net/index.php?showtopic=6932

    ReplyDelete
  5. “Hijrah took place in 622 CE!! If she was born in 602 CE as we PROVED above, Bibi Aisha was around 20 years old when she got married to our beloved Prophet!”

    http://teabreak.pk/myth-bibi-aisha-a-six-year-old-bride-225/19981/

    ReplyDelete
  6. “…the age of Hazrat Aisha at 17 during the same period. As all biographers of the Prophet agree that he consummated his marriage with Hazrat Aisha in the year 2 Hijri it can be conclusively said that she was 19 at that time and not nine as alleged in the aforementioned hadiths.”

    http://globeistan.com/?p=2480

    ReplyDelete
  7. http://en.wikipedia.org/wiki/Asma_bint_Abi_Bakr

    Asmaa bint Abu Bakr (Arabic: أسماء بنت أبي بكر‎) was one of the companions of the Islamic prophet Muhammad.

    692: Death

    According to almost all the historians, Asma the elder sister of Aisha, was ten years older than Aisha.[1][2] Asma is reported to die in the 73 AH, when she was 100 years old.[3][4].

    References

    ^ Al-Dhahabi, Siyar A`la’ma’l-nubala’, Vol. 2, p. 289, Arabic, Mu’assasatu’l-risalah, Beirut, 1992

    ^ Ibn Kathir, Al-Bidayah wa’l-nihayah, Vol. 8, p. 371, Dar al-fikr al-`arabi, Al-jizah, 1933

    ^ Ibn Kathir, Al-Bidayah wa’l-nihayah, Vol. 8, p. 372, Dar al-fikr al-`arabi, Al-jizah, 1933

    ^ Ibn Hajar Asqalani, Tahdhib al-Tahdhib, p. 654, Arabic, Bab fi’l-nisa’, al-harfu’l-alif, Lucknow

    ReplyDelete