1.25.2011

ހިނައިގަންނާނީ ކިހިނެއް؟

އަލްއުޚްތު އުއްމު ޙަނީން
1- އެންމެފުރަތަމަ ހިތުން ނިޔަތްގަތުމަށްފަހު ތިމާގެ ދެއަތް ކުޑަހުޅާ އެކު ވަރަށް ރަނގަޅަށް ދޮންނާށެވެ.

2- އަތް ދޮވުމަށްފަހު ޖުނުބު، ޙައިޟު ނޫނީ ނިފާސް ކަމުގެ ސަބަބުން ހުންނަ ހަޑިއެއް ފިލާވަރަށް ޖިންސީގުނަވަން ރަނގަޅަށް ދޮންނާށެވެ.

3- ދެން (ނަމާދަށް ވުޟޫކުރާގޮތަށް) ވުޟޫކުރާށެވެ. ބޭނުން ނަމަ ދެފައިތިލަ ދޮވުން ފަސް ކުރެވިދާނެއެވެ.

4- އަދި ތިން ފަހަރު ބޮލަށް ފެންއަޅައި ބޯ ދޮވެލާށެވެ. އަންހެނުން ހިނައިގަންނައިރު ބޮލުގައި ޖަހާފައިވާ ހުޅީގެ މަތިން އިސްތަށީގެ ބުޑުގައި ޖެހޭގޮތަށް ތިންފަހަރު ފެންލުމުން ފުދޭނެއެވެ.

5- ވުޟޫކުރުމަށްފަހު މުޅި ގަޔަށް ފެން އަޅައި ފެންވަރާށެވެ. މިގޮތަށް ފެންވަރާއިރު މުޅި ހަށިގަނޑުގައި ފެން ޖެއްސުމަށްޓަކައި ގައިގައި އަތް އުނގުޅުން މޮޅުއިތުރުވެގެންވެ އެވެ.

ޙައިޟުން ނޫނީ ނިފާސް ކަމުން ހިނައި ގަންނަ މީހާ، އެ ލޭގެ ސަބަބުން ހުންނަ ނުބައިވަސް ކަނޑުވާލުމަށްޓަކައި މީރުވަސްދުވާ އެއްޗެއް ބޭނުންކުރުމީ ސުންނަތްވެގެންވާ ކަމެކެވެ.

6- އެންމެ ފަހުން ތިން ފަހަރު ދެފައިތިލަ ރަނގަޅަށް ދޮވެލާށެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

15 comments:

  1. ވުޟޫކުރަންޖެހެނީ ބޮލަށް 3 ފަހަރު ފެން އެޅުމަށް ފަހުގައިތޯ ނުވަތަ އޭގެ ކުރިންތޯ ސާފުކޮށްލަދެއްވުން އެދެން. މިހެން މިދެންނެވީ ލިޔުންވާފައިވާގޮތުން އޮޅުން އަރާތީ

    ReplyDelete
  2. ވުޟޫކޮށް ނިންމާފަ ބޮލަށް ތިންފަހަރު ފެންލާން ޖެހެނީ. ލިޔުމުގައި 3 ވަނަ ފިޔަވަޅަކީ ވުޟޫކުރުން. 4 އަކީ ބޮލަށް ތިންފަހަރު ފެން އެޅުން

    ReplyDelete
  3. salam. reethi kon fenvarafa, vuloo kohfa dhen niyai gane hinai gatheema rangalhu vaane tha? 2 vana point ga e innanee hadi filaa vara dhonnan ehenve... abadhuves hinai ganna gothakee ei... ei rangalhu gothei tha? thnx in advance

    ReplyDelete
  4. vulookoh nihmaafa bolah 3 faharu 2 kodah 3 faharu fen elhumaky ragalhu gotheitho??...

    ReplyDelete
  5. vulookhfa dhn niyai gane...bolah 3 faharu 2 kodah thinfaharu fen elhumaky...ragalhu gothey tho??..

    ReplyDelete
  6. niyah bunedhiyba , teenage kudhinah kihineh niyah igeniy ?

    ReplyDelete
  7. ނިޔަތް ގަންނަންޖެހޭނީ ހިނައިގަންނަން ފެށުމުގެ ކުރިން. ކޮންމެކަމެއްވެސް ކުރަންފެށުމުގެ ކުރިން ނިޔަތް ގަންނަންޖެހޭނީ

    ReplyDelete
  8. ނިޔަތް ދުލުން ކިޔާކަށް ނުޖެހޭނެ. ނިޔަތް ހިތުން ގަންނާނީ. ހިތަށް އަރުވާނީ ޖުނުބު ނުވަތަ ޙައިޟު ނުވަތަ ނިފާސް އިން ޠާހިރުވުމަށްޓަކައި ހިނައިގަންނަ ކަމަށް

    ReplyDelete
  9. Varah bodah shukuriyaa :)

    ReplyDelete
  10. ވުޟޫކޮށުރުމަށްފަހު ބޮލަށް 3 ފަހަރު ކަނައަތުކޮޑަށް 3 ފަހަރު ވާތުކޮޑަށް 3 ފަހަރު ފެން އަޅާ ހިނައިގަތުން ރަގަޅުވާނެތޯ ސާފުކޮށްލަދެއްވުން އެދެން

    ReplyDelete
  11. އަޅުގަނޑު 6 ޖޫން 2011 ގައި ފޮނުވި ސުވާލުގެ ޖަވާބު ވ ވ ވ ވ އަވަސް ބޭނުންވޭ

    ReplyDelete
  12. ވުޟޫކޮށުރުމަށްފަހު ބޮލަށް 3 ފަހަރު ކަނައަތުކޮޑަށް 3 ފަހަރު ވާތުކޮޑަށް 3 ފަހަރު ފެން އަޅާ ހިނައިގަތުން ރަގަޅުވާނެތޯ ސާފުކޮށްލަދެއްވުން އެދެން

    ހިނައިގަތުމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވެފައިވާ ގޮތަކީ ދެއަތް ފުރަތަމަ ދޮވުން. އޭގެފަހުގައި ލަދުވެތި ގުނަވަން ދޮވުން އަދި އޭގެ ފަހުގައި ވުޟޫކުރުން ދެން މުޅި ހަށިގަނޑުގައި ފެންޖެއްސުން. އެހެންކަމުން ވުޟޫއިން ހިނައިގަންނަން ފެށުމުން ހިނައިގަތުމުގެ ފުރަތަމަ ބައި ދޫވެގެން އެދަނީ. އެންމެ ފުރިހަމަ ގޮތަކީ ސުންނަތާ އެއްގޮތަށް ކުރުން. والله أعلم

    ReplyDelete
  13. އަސްލު ބޭނުންވި ސުވާލަކަށް ޖަވާބުދެއްވާފައެއްނުވޭ. ސާފުކުރަން ބޭނުން ވަނީ ހިނައި ގަންނަ އިރު ކޮންމެހެން ބޮލަށް 3 ފަހަރު ކަނައަތު ކޮޑަށް 3 ފަހަރު ވައަތުކޮޑަށް 3 ފަހަރު ފެންއަޅަންޖެހޭނެ ހެއްޔެވެ.؟

    ReplyDelete
  14. ޖަވާބު ދިނުން ލަސްވާތީ ވަރަށް ކަޑަ

    ReplyDelete
  15. އަންހެނުން މުޅި އިސްތަށިގަނޑު ދޮވުން ވާޖިބު ތޯއެވެ. މިހެން މިދެންނެވީ ފަސްވަނަ ނުކުތާގައި ބަޔާންކުރައްވާފައި ވަނީ މުޅި ހަށިގަނޑުގައި ފެންޖެއްސުމަށް ކަމަށްވާތީއެވެ

    ReplyDelete