އަލްއަޚް ޢަބްދުލްމާނިޢު ޙުސައިން
ކައިވެންޏަކީ ފިރިހެނެކާއި އަންހެނަކާ ދެމީހުންކުރެ ކޮންމެ މީހަކަށްވެސް އެކަކު އަނެކެއްގެ ކިބައިން އަރާމާއި ހިތްހަމަޖެހުން ލިބި، އެއްދާން ކުރުން ހުއްދަ ކޮށްދޭ ޝަރުޢީ ޢަޤުދެވެ.
މާތްﷲ ވަޙީ ކުރައްވަނީ:
وَإِنْ خِفْتُمْ أَلَّا تُقْسِطُوا فِي الْيَتَامَى فَانْكِحُوا مَا طَابَ لَكُمْ مِنَ النِّسَاءِ مَثْنَى وَثُلَاثَ وَرُبَاعَ فَإِنْ خِفْتُمْ أَلَّا تَعْدِلُوا فَوَاحِدَةً أَوْ مَا مَلَكَتْ أَيْمَانُكُمْ ذَلِكَ أَدْنَى أَلَّا تَعُولُوا
މާނައީ: "އަންހެނުންގެ ތެރެއިން ތިޔަބއިމީހުން ހިތްރުހޭ ބަޔަކާއި ކައިވެނި ކުރާށެވެ." އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމަގެ ޙަދީޘް ފުޅެއްގެ މަނައިގައި ވެއެވެ. "އޭ ޒުވާނުންނޭވެ! ތިޔަބައިމީހުން ކުރެ ކައިވެނީގެ ހުރިހާ ކަމަކަށް ކުޅަދާނަވެގެންވާ މީހަކު، ފަހެ ކައިވެނި ކުރާ ހުށިކަމެވެ! ފަހެ، ހަމަކަށަވަރުން މީހަކާއި އިނުމީ، ލޮލަށް ރައްކާތެރިކަން ބޮޑުވެފައި، ޖިންސީ ގުނަވަނައްވެސް އެންމެ ރައްކާތެރިކަން ބޮޑުގޮތެވެ. އަދި މިހަކާ އިނުމަށް ކުޅަދާނަކަން ލިބިގެން ނުވާމީހާގެ މައްޗަށް އޮތީ ރޯދަހިފުމެވެ. ފަހެ ހަމަ ކަށަވަރުން އެއީ އޭނާ ނުބައި ކަންތަކުން ދުރު ކުރާނޭ އައްޑަނައެކެވެ."
ކައިވެނި ކުރުމަކީ އިސްލަމްދީނުގައި ބައެއްޙާލަތްތަކުގައި ވާޖިބު ކުރައްވާފައިވާ ކަމެކެވެ. ބައެއް ޙާލަތްތަކުގައި ކައިވެނި ކުރުމަކީ މަސްތަޙައްބު ކަމެކެވެ. އަދި ބައެއް ފަހަރައް އެއީ މުބާހެކެވެ. ނަމަވެސް ބައެއް ޙާލަތް ތަކުގައި ކައިވެނި ކުރުމަކީ ޙަރާމް، އަދި މަކުރޫހަކަމަކަށް ބަދަލުވެގެން ދާވެސް ކަމެކެވެ.
ކައިވެންޏަކީ ދިރިއުޅުމަށް އެޅޭ އެންމެ މުޙިއްމު ބިންގަލެވެ. އެހެންކަމުން އެބިންގާ ސީދާކޮށް އެޅުމަކީ މުޙިއްމުކަމެކެވެ. ކައިވެންޏެއްގެ ބޭނުމަކީ ޢާއިލައެއް އުފައްދާ ހެއުލަފާ ދަރިންތަކެއް ތަރުބިއްޔަތު ކުރުމެވެ. ކައިވެންޏެއްގެ މަޤުޞަދަކީ ދެމަފިރިން އެކަކު އަނެކެއްގެ ޒިންމާތަކަށް ރައްކާތެރިވެ އުފާވެރި ހަމަޖެހޭ ޢާއިލައެއް އުފެއްދުމެވެ. އިންސާނީ ދަރިފަސްކޮޅު ހެޔޮ ގޮތުގައި އިތުރުވެ ދެމިއޮތުމަށް ޝަރުޢު ކުރައްވާފައިވާ މަގަކީ ކައިވެންޏެވެ. އެމަގުން ޢާއިލާތައް އުފެދި ޤަބީލާތަކާއި ޢާއިލާތަކުގެ ގުޅުން އެކުލެވި ބަދަހިވެއެވެ.
އިސްލާމަދީނުގައި ކައިވެނި ޝަރުޢު ކުރައްވާފައިވަނީ ވަރަށް ބޮޑު މަތިވެރި ޙިކުމަތް ތަކަކަށްޓަކައެވެ. އެގޮތުން ޖިންސީ އެދުން އެންމެ ރައްކާތެރި ރިވެތި ގޮތުގައި ފުއްދުމަށް މަގުދެއްކުމާއި، އިންސާނީ ނަޞްލު ރައްކާތެރިކުރުމާއި، ބަފާވަންތަކަމާއި މައިވަންތަކަމުގެ އިޙްސާސަށްޓަކައާއި، ކައިވެނި ކުރުމުން އިންސާނާގެ ފިކުރިއްޔާތައް އަންނަ ބަދަލުތަކަށް އިންސާނާ ދީލާލުމަށާއި، ގޭތެރޭގެ ކަންކަން ފުރިހަމަ އުޞޫލަކުން ތަރުތީބު ކުރުންފަދަ ޙިކްމަތްތަކަކަށްޓަކައެވެ.
ކައިވެނީގެ މަޤުޞަދުތައް ޙާޞިލްކުރުމަށްޓަކައި ދެމަފިރިން ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް ހުރެއެވެ. އެގޮތުން ކައިވެންޏެއް ކުރުމުގެ ކުރިންނާއި، ފަހުން ވިސްނަންޖެހޭ ނުގުތާތަކެއް ހުރެއެވެ. ކައިވެނި ކުރުމަށްފަހު ދެމަފިރިން ކުރެ އެކަކު އަނެކަކަށް، ޙައްޤުތަކަކާއި ޒިންމާތަކެއް ކަނޑައެޅިގެންދެއެވެ. ދެމަފިރިން، އެކެއް އަނެކެއްގެ ޙައްޤުތައް ހެޔޮ ގޮތުގައި ބޭނުންކޮށް ޒިންމާތައް ފުރިހަމައަށް އަދާކުރުމަކީ ކައިވެންޏެއްގެ ފޮނިމީރުކަން ލިބުމަށް ވަރަށް މުޙިއްމު ކަމެކެވެ.
ފިރިމީހާގެ ޙައްޤުތައް
ފިރމީހާއާއި އަނބިމީހާއަކީ ދުނިޔޭގެ ޙަޔާތް ދެމީހުން އެކިއެކީގައި ވޭތުކުރަން ދިމާވެފައިވާ ދެމީހުންނެވެ. އެދެމެދުގައި ހުންނަންޖެހޭ އެކުވެރިކަމާއި، ލޯބިވެރިކަމާއި، އިޚްލާޞްތެރިކަމާއި، ގާތްކަމާއި، ސިއްރު، އެހެނިހެން ދޭދޭ މީހުންގެ ދެމެދުގައި ހުންނަންވާ މިބާވަތުގެ ކަންކަމާއި ވަރަށް ތަފާތެވެ. އަދި އެމީހުންގެ ދެމެދުގައި ހުންނަ ޙައްޤުތައްހުރީ ދެމީހުން ކުރެ ކޮންމެ މީހަކު އަނެކަކުގެ މައްޗަށް އަދާކުރުން ވާޖިބުވެގެންވާ ތަފާތު ޙައްޤުތަކާއި އަދި ދެމީހުން އެކުވާ ޙައްޤު ތަކެއްގެ ގޮތުގައެވެ.
މާތްﷲ ކީރިތި ޤުރުއާނުގައި މިދެންނެވި ޙައްޤުތައް ޖުމްލަ ގޮތެއްގައި ބަޔާން ކުރައްވާފައިވެއެވެ. އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމަގެ ޙަދީޘް ފުޅުތަކުންވެސް މިދެންނެވުނު ޙައްޤުތައް ތަފްޞީލުކޮށް ބަޔާން ކޮށްދެއްވާފައިވެއެވެ. މާތްﷲ ވަޙީ ކުރައްވަނީ:
وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنْفُسِهِنَّ ثَلَاثَةَ قُرُوءٍ وَلَا يَحِلُّ لَهُنَّ أَنْ يَكْتُمْنَ مَا خَلَقَ اللَّهُ فِي أَرْحَامِهِنَّ إِنْ كُنَّ يُؤْمِنَّ بِاللَّهِ وَالْيَوْمِ الْآَخِرِ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَلِكَ إِنْ أَرَادُوا إِصْلَاحًا وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ وَاللَّهُ عَزِيزٌ حَكِيمٌ
މާނައީ: "ހެޔޮކަމުގެ ތެރެއިން ފިރިހެނުންނަށް އަންހެނުން އަދާކުރަންޖެހޭ ޙައްޤުތައް ފަދަ ޙައްޤުތައް ފިރިހެނުންގެ ފަރާތުން އަންހެނުންނަށްވެސް ވެއެވެ. އަދި އެކަނބަލުންގެ މައްޗަށް (އެބަހީ އެކަނބަލުންނަށް ވުރެ މާތް އިތުރު) ދަރަޖައެއް ފިރިހެނުންނަށް ވެއެވެ."
ކީރިތި ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމަގެ ޙަދީޘް ފުޅެއްގެ މާނައިގައި ވެއެވެ. "ދަންނާށެވެ! ހަމަކަށަވަރުން ތިޔަބައި މީހުންނަށްޓަކައި ތިޔަބައިމީހުންގެ އަނބީން އަދާ ކުރަންޖެހޭ ޙައްޤުތަކެއް ވެއެވެ. އަދި ތިޔަބައިމީހުންގެ އަނބީންނަށްޓަކައި ތިޔަބައިމީހުން އަދާކުރަންޖެހޭ ޙައްޤުތަކެއް ވެއެވެ."
މިދެންނެވި އާޔަތުންނައި ޙަދީޘްފުޅުން އެނގެނީ އަންނަނިވި ގޮތްތަކަށް ޙައްޤުތައް ބަހާލެވޭ ކަމެވެ. އެއީ ދެމަފިރިން ބައިވެރިވާ ޙައްޤުތަކާއި، ފިރިމީހާއަށް ޚާއްޞަ ޙައްޤުތަކާއި އަދި އަނބިމީހާއަށް ޚާއްޞަ ޙައްޤުތަކެވެ. މިގޮތުން ދެމަފިރިން ބައިވެރިވާ ޙައްޤުތަކަށާއި، ފިރިމީހާއަށް ޚާއްޞަ ޙައްޤުތަކަށް ވަކިވަކިން ތަފްޞީލުކޮށް ބަލާލާނަމެވެ.
ދެމަފިރިން ބައިވެރިވާ ޙައްޤުތައް
ދެމަފިރިން އެކަކު އަނެކަކަށް އެއްވަރަށް ޙިއްސާވެގެން އަދާކުރަން ޖެހޭ ޙައްޤުތަކުގައި ދެފަރާތުގެ ޙައްޤުތައް އެއްވަރަކަށް ޝާމިލުވެއެވެ. އެޙައްޤުތަކަކީ އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ލިބިގެންވާ ޙައްޤުތަކެކެވެ. އަދި އެޙައްޤުތަކަކީ ފިރިމީހާގެ ފަރާތުން އަނބިމީހާއަށްވެސް ލިބިގެންވާ ޙައްޤުތަކެކެވެ. އެހެންކަމުން ދެފަރާތްބައިވެރިވާ ޙައްޤުތައް ބަޔާންކޮށްލާނަމެވެ.
އަމާނަތްތެރިވުން
ދެމަފިރިން ކުރެ ކޮންމެމީހަކީ އަނެއްމީހާއަށް އަމާނާތްތެރިއަކަށް ވާންޖެހޭނެއެވެ. ކިތަންމެ ބޮޑުކަމެއްގައިވިޔަސް އަދި ކިތަންމެ ކުޑަކަމެއްގައި ވިޔަސް އެކަކު އަނެކަކަށް ޚިޔާނާތްތެރިވުން ޖާއިޒުވެގެން ނުވެއެވެ. ދެމަފިރިން މެދުގައި ނުވަތަ އެއިން އެކެއްގެ ކިބައިގައި ޚިޔާނާތްތެރިކަމެއް އުފެދިއްޖެނަމަ އެދެމީހުންގެ އޮމާން އަދި ހިތްފަސޭހަ ދިރިއުޅުން މުޅިން ބަރުބާދު ވެދާނެއެވެ.
ލޯބިވެރިކަމާއި ރަޙުމް ބެހެއްޓުން
ދެމަފިރިންކުރެ މީހަކު އެކަކު އަނެކަކަށް އޯގާތެރިވެ ރަޙުމް ކުރުމީ ދެމީހުން ކުރެ ކޮންމެ މީހެއްގެ މައްޗަށް ވާޖިބު ކަމެކެވެ. މާތްﷲ ވަޙީ ކުރައްވަނީ:
وَمِنْ آَيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافُ أَلْسِنَتِكُمْ وَأَلْوَانِكُمْ إِنَّ فِي ذَلِكَ لَآَيَاتٍ لِلْعَالِمِينَ
މާނައީ: "ތިޔަބައި މީހުން ހިތްހަމަޖައްސައި ހިތަށް އިޠްމިއުނާންކަން ލިބިގަތުމަށްޓަކައި ތިޔަބައިމީހުންގެ ނަފްސުތަކުން ތިޔަބައިމީހުންނަށް އަނބީން ލައްވާފައިވާކަމީ އެކަނލާންގެ ޤުދުރަތްތެރިކަމާއި އެކައުވަންތަކަމުގެ ޢަލާމަތްތަކުގެ ތެރެއިން ވާކަމެކެވެ. އަދި ތިޔަބައިމީހުންގެ ދެމެދުގައި ލޯބިވެރިކަމާއި ރަޙުމް އެކަނލާންގެ ލެއްވެވި އެވެ."
އިތުބާރުކުރުން
ދެމަފިރިން ކޮންމެމީހަކު އަނެއްމީހާއަށް އިތުބާރު ކުރަންޖެހޭނެއެވެ. އަދި ދެމީހުން ކުރެ އެކަކުވެސް އަނެއްމީހާގެ ގާތުގައި ތިމާގެ އިތުބާރު ގެއްލޭފަދަ އެއްވެސް ކަމެއް ކުރުން ހެޔޮނުވާވެއެވެ. މިދެންނެވި އިތުބާރު ކަނޑާލަންވާނީ މަޤުބޫލު ސަބަބެއް ދިމާވުމުންނެވެ. ދީނީ އަދި ދުނިޔެވީ ކަމެއްގައި ތިމާގެ ހިތްނުރުހޭ ކަމެއް ދިމާވުމަކީ އިތުބާރު ކަނޑައިގެން ވާނެ ކަމެއްނޫނެވެ. މިސާލަކަށް ފިރިމީހާ އެހެން އަންހެނަކާއި އިންނަން ޤަޞްދުކޮށް އެކަމަށް ކުރިމަތިލުމަކީ، ރުޅިއައިސް ފިރިމީހާގެ ކިބައިން އިތުބާރުކަނޑައިލައިގެން ވާނެ ކަމެއްނޫނެވެ.
މުޢާމަލާތް ރަނގަޅުކުރުން
ދެމަފިރިން ކުރެ ކޮންމެމީހަކުވެސް އަނެއްމީހާގެ ނިސްބަތުގައި ތިމާކުރަންޖެހޭ ކަންތައް ރަނގަޅުކުރުމީ އިސްލާމްދީން ވާޖިބުކުރާ ކަމެކެވެ. އެއީ ފިރިމީހާ އަނބިމީހައަށް އަދާކޮށްދޭންޖެހޭ ކަންތައްތައް ރަނގަޅު ގޮތުގައި ތިމާ އަމިއްލަކަމެއްގެ ގޮތުގައި ކޮށްދިނުމެވެ. އަދި އަނބިމީހަވެސް ފިރިމީހާއަށްޓަކައި ތިމަކުރަންޖެހޭ ކަންތައްތައް ރަނގަޅު ގޮތުގައި ކޮށްދިނުމެވެ.އިސްދެންނެވުނު ޙައްޤުތަކަކީ ދެފަރާތުން ދެފަރާތައް ލިބިގެންވާ ޙައްޤުތަކެކެވެ. އެގޮތުން އެޙައްޤުތަކުގައި ފިރިމީހާގެ ޙައްޤުތަކެވެސް ވާނޭތީ އެޙައްޤުތައް ފާހަކުރުމަށް ބަޔާން ކޮށްލީއެވެ.
ފިރމީހާއަށް ޚާއްޞަ ޙައްޤުތައް
ފިރިމީހާއަށް ޤަދަރުކޮށް އިޙްތިރާމްކުރުން
ފިރިމީހާއީ އަނބިމީހަގެ ކުރިމަތީގައި ވަރަށް ޢިއްޒަތްތެރި ޤަދަރުހުރި މީހަކުކަމުގައި އެކަނބަލުން ބަލަންޖެހޭނެއެވެ. އެއީ އެކި ރޮނގު ރޮނގުން ފިރިމީހަގެ ފަރާތުން އަނބިމީހާއަށް ލިބޭ ގިނަގުނަ ހެޔޮކަންތައް ތަކަށްޓަކައެވެ. މަތްﷲ ވަޙީ ކުރައްވަނީ:
الرِّجَالُ قَوَّامُونَ عَلَى النِّسَاءِ
މާނައީ: "ފިރިހެނުންނަކީ އަންހެނުން އިސްލާމްދީނުގެ ތެދުމަގަށް ސީދާކޮށް ބަރާބަރުކުރާ މީހުންނެވެ."
އަންހެނުންގެ ނިސްބަތުން ފިރިހެނުންގެ ޤަދަރު ބޮޑުކަމާއި އަދި މާތްކަން ބަޔާންކުރައްވައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެމާނައިގައިވެއެވެ. "އެއްވެސް މީހަކު މީހަކަށް ސަޖިދަ ކުރާން ތިމަންކަލޭގެފާނު އަމުރު ކުރައްވާނެނަމަ އަނބީން އެކަނބަލުންގެ ފިރިންނަށް ސަޖިދަކުރާން އެންގެވީމުހެވެ. އެއީ ފިރިހެނުންނަށްޓަކައި އެކަނބަލުންގެ މައްޗަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ލައްވާފައިވާ ގިނަގުނަ ޙައްޤުގެ ސަބަބުންނެވެ." އަދިވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެވިއެވެ. " ފިރިމީހާ (ތަނަކަށްގޮސް) ހާޟިރުވެހުއްޓައި އޭނާގެ ހުއްދަނެތި އަނބިމީހާ ސުންނަތް ރޯދަ ނުހިފާހުށިކަމެވެ."
މިފަދަ އާޔަތްތަކުންނާއި ޙަދީޘްފުޅުތަކުން ފިރިމީހާގެ ޙައްޤުގައި އަނބިމީ ޤަދަރުކޮށް އިޙްތިރާމްކުރުން އިސްލާމްދީނުގައި ލައްވާފައިވާ ދަރަޖަ ހާމަވެއެވެ.
ވީމާ ފިރިންނަކީ އަނބިން އިސްލާޙުކޮށް އެމީހުންގެ ހުރިހާ ކަމެއް ބަލަހައްޓައި ސަހަރޯވެރިވާ އަދި އެކަނބަލުންގެ ވެރިންނަށް ވީހިނދު، ފިރިންނަށް އެކަނބަލުން ޤަދަރުކޮށް އިޙްތިރާމްކުރުމީ ދީނާއި ދުނިޔޭގެ ފަރާތުން އެކަނބަލުންނަށް ވާޖިބުކުރާކަމެކެވެ.
ފިރިމީހާއަށް ކިޔަމަންވުން
އަނބިމީހާގެ މައްޗަށް ފިރިމީހާގެ ޙައްޤުތަކުގެ ތެރޭގައި ފިރިމީހާ ކަމަކަށް ޢަމުރުކުރާ ހިނދު ނުވަތަ ކަމަކަށް އެދޭ ހިނދު އެކަމެއް ކިޔަމަންތެރިކަމާއެކު އަދާކުރުމުގައި، އެއީ ﷲއަށް އުރެދުންނުވާ ކަމެއް ނަމަ އެކަމަކަށް ކިޔަމަންވުން ހިމެނެއެވެ. ކީރިތި ރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ފިރިމީހާ އޭނާގެ އަންހެނުންނަށް ކަމަކަށް ގޮވާލާ ހިނދު، އެކަމަނާ އައުން ހުއްޓެވެ. އަދި އޭރު ބަދިގޭގައި އުނދުންދޮށުގައި ވީނަމަވެސް ވެހެވެ"
މާތްﷲއަށް އުރެދެވޭ ކަމަކަށް ފިރިމީހާ އަމުރުކޮށްފިނަމަ އެކަމަށް ކިޔަމަންވުމެއް ނުވެއެވެ. ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ތިމާ ހެއްދެވި މަތިވެރި ﷲއަށް އުރެދެވޭނެ އެއްވެސް ކަމެއްގައި، އެއްވެސް މަޚްލޫޤަކަށް ކިޔަމަންވުމެއް ނެތެވެ."
ފިރިމީހާއަށް އަނބިމީހާ ކިޔަމަންވުމަށް ޢަމުރުކުރުމުން އެކަމަށް އެކަނބަލުން ކިޔަމަން ނުވެއްޖެނަމަ އެކަނބަލުންނަށް ނުހަނުބޮޑު ޢަޛާބާއި ދެރަކަން ހުރިކަން ރަސޫލާގެ އަންނަނިވި ޙަދީޘްފުޅުން އެނގެއެވެ. "ފިރިމީހާގެ ގާތަށް ނިދަން އައުމަށް އަނބިމީހާގެ ކިބައިން ފިރިމީހާ އެދުމަށްފަހު އަނބިމީހާ ނައިސް އޮވެއްޖެނަމަ، އަދި އެކަމުގެ ސަބަބުން ފިރިމީހާ ރުޅިއައިސްގެން އޮވެ ނިދައިފިނަމަ، ފަތިސްވަންދެން މަލާއިކަތްބޭކަލުން އެއަންހެނަކަށް ލަޢްނަތް ލެއްވުންއެދި ދުޢާކުރާނެއެވެ." މިގޮތުން އަނބިމީހާ ފިރިމީހާއަށް ކިޔަމަންވުން އެއީ، އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ލިބިގެންވާ ޙައްޤެކެވެ.
ފިރިމީހާގެ ތަކެއްޗަށް ރައްކާތެރިވުން
ފިރިމީހާގެ ގެއާއި އޭނާގެ ދަރިންނާއި އަދި އޭނާގެ މުދާ ރައްކާތެރިކޮށް ބަލަހައްޓައި ހެދުމަކީ އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ލިބިގެންވާ ޙައްޤެކެވެ. ކީރިތިރަސޫލާގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "އަނބިމީހާ އެއީ، އޭނާގެ ފިރިމީހާގެ ގޭގެ އަހުލުވެރިންނާއި، އަދި ފިރިމީހާގެ ދަރިންގެ ކަންތައްތައް ބަލަހައްޓާ ވެރިއެކެވެ. އެމީހުންގެ ކަންތަކާއިމެދު އެކަނބުލޭގެ އާއި ސުވާލު ކުރެވޭނެއެވެ."
ގޭތެރެއަށް ފިރިމީހާ ނުރުހޭ މީހުން ނުވެއްދުމާއި އަދި އޭނާގެ ތައްމަތީގައި ފިރިމީހާ ނުރުހޭ މީހަކު ނުބޭންދުމާއި، މިކަންކަމަކީވެސް އަނބިމީހާގެ ވާޖިބެކެވެ. ރަސޫލާގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ކަލޭމެންނަށްޓަކައި، އަނބިން އަދާކުރަންޖެހޭ ޙައްޤުތަކުގެ ތެރޭގައި ކަލޭމެން ނުރުހޭ މީހުން ކަލޭމެންގެ ތަންމަތީގައި ނުބޭތިއްބުމާއި އަދި ކަލޭމެން ނުރުހޭ މީހުން ކަލޭމެންގެ ގެތަކަށް ނުވެއްދުންވެސްވެއެވެ."
ފިރިމީހާއަށް ޝުކުރުކުރުން
ފިރިމީހާ ކޮށްދޭކަންކަމަށް ޝުކުރުކުރުމީ އަނބިމީހާގެ ވާޖިބެކެވެ. އޮޅުމެއްނެތި އެނގޭގޮތުގައި ފިރިމީހާ ވަރަށްގިނަ ތަފާތު ރޮނގުރޮނގުން އަނބިމީހާއަށް ހެޔޮފޯރުވައިދީ އެހީތައްވަމުންދެއެވެ. ކެއުންބުއިމުގެ ކަންތަކާއި، ފޭރާންލުމާއި، ނިދާތަނާއި، އަދި ބަލިވީމާ ބޭސްކޮށްދިނުމާއި އަދި މީގެއިތުރަށް އަނބިމީހާ އުފާވެ ހިތްހަމަޖެހޭ ހުރިހާ ކަމެއްވެސް ކޮށްދިނުމުގެ ވެރިއަކީ ފިރިމީހާއެވެ.
ފިރިންގެ ހެޔޮކަމަށް ޝުކުރުނުކުރާ އަނބިންނަށްހުރި ނުރައްކާ، ރަސޫލާ ޙަދީޘްކުރައްވާފައިވާ އަންނަނިވި ޙަދީޘްފުޅުން އެނގެއެވެ. މިޙަދީޘަކީ ވަރަށްދިގު ޙަދީޘެއްކަމުން މިތަނުގައި މިގެންނަނީ މިޙަދީޘްގެ އެއްބައިގެ މާނައެވެ. "އަދި ތިމަންކަލޭގެފާނު ނަރަކަ ދެކެވަޑައިގަތީމެވެ. އެވަރުގެ ނުރައްކާ ބިރުވެރި މަންޒިލެއް ދުވަހަކުވެސް ދެކެވަޑައިނުގަންނަވަމުއެވެ. އަދި ތިމަންކަލޭގެފާނު ދެކެވަޑައިގަތީ ނަރަކައިގެ އަހުލުވެރިންކުރެ ގިނައީ އަންހެނުންކަމުގައެވެ. ދެން އަޞްޙާބު ބޭކަލުން ދެންނެވިއެވެ. އޭ ރަސޫލާއެވެ. އެއީ ކީއްވެގެންތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އެއީ އެކަނބަލުން ކާފަރުވުމުގެ ސަބަބުންނެވެ. ދެންވެސް އެކަލޭގެފާނާ ސުވާލުވެވުނެވެ. އެކަނބަލުން ﷲ އަށް ކާފަރުވީތޯއެވެ. ޙަދީޘްކުރެއްވިއެވެ. އެކަނބަލުން ފިރިންނަށާއި، އަދި އެމީހުންގެ އިޙްސާނަށް ކާފަރުވަނީއެވެ. ފަހެ ކަލޭމެންކުރެ މީހަކު އެއިން އަންހެނަކަށް މުޅި އުމުރުގައި ހެޔޮކޮށް ހިތައި، އިޙްސާންތެރިވެފައި ވިޔަސް ފިރިމީހާގެ ކިބައިން ނުރުހޭ އެންމެ ކަމެއް ފެނިއްޖިއްޔާ ބުނާނެއެވެ. ކަލޭގެ ކިބައިން ދުވަހަކު ހެޔޮކަމެއް ނުފެނެއެވެ."
ފިރިމީހާގެ އަބުރު ރައްކާތެރިކުރުން
ތިމާގެ ފިރިމީހާގެ އަބުރު ރައްކާތެރިކޮށް އެކަމުގެ މައްޗަށް ފަރުވާތެރިވެ، އޭނާއަށް ޝަރަފްވެރިކަން ހޯދައިދިނުމީވެސް އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ލިބިގެންވާ ޙައްޤެކެވެ. އަނބިމީހާއީ ހުރިހާ ގޮތަކުންވެސް ފިރިމީހާގެ ހުރިހާ ކަމެއް ބަލަހައްޓާ އޭނާގެ ސިއްރުވެރިޔާއެވެ. މާތް ވަޙީކުރައްވަނީ:
فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِلْغَيْبِ...
މާނައީ: "ފަހެ ޞާލިހު އަންހެނުންނަކީ މަތިވެރި މާތްﷲ އަށާއި، އަދި ތިމާގެ ފިރިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކޮށް، ކިޔަމަންތެރިވާ އަންހެނުންނެވެ. އަދި ފިރިމީހާ ނެތްވަގުތުގައިވެސް އޭނާގެ ހުރިހާ ކަމަކާއިމެދު ރައްކާތެރިވެގަންނަ މީހާއެވެ."
ފިރިމީހާއަށްޓަކައި އަނބިމީހާ ރައްކާތެރިވެގަންނަންޖެހޭ އެންމެ މުޙިއްމުކަމަކީ ފިރިމީހާގެ އަބުރަށް ރައްކާތެރިވެ، އޭނާގެ ސިއްރުތައް ވަންހަނާކުރުމެވެ. ފިރިމީހާގެ ކިބައިގައި ޢައިބެއް ހުރިނަމަވެސް އެޢައިބެއް އިޞްލާޙުކުރުމާއެކު، ސިއްރުކޮށްހެދުމަކީ އަނބިމީހާގެ ވާޖިބެކެވެ. ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ޞާލިޙް ރަނގަޅު އަންބަކުވިއްޔާ ފިރިމީހާ އެކަނބުލޭގެއަށް ބަލައިފިނަމަ، އޭނާގެ ރިވެތިކަމާ އަޚްލާޤު ރަނގަޅުކަމުން ފިރިމީހާ އުފާވާނެއެވެ. އަދި އެކަނބުލޭގެއަށް ޢަމުރުކޮށްފިއްޔާ ފިރިމީހާއަށް ކިޔަމަންވާނެއެވެ. އަދި ފިރިމީހާ އެކަނބުލޭގެ ކިބައިން ޣައިބުވެއްޖިއްޔާ ފިރިމީހާގެ ކަންތައް ރައްކާތެރިކޮށްދޭނެއެވެ."
އެހެންކަމުން ފިރިމީހާގެ އަބުރާއި އޭނާގެ ސިއްރުތައް ރައްކާތެރިކޮށްދީ އެކަންކަމަށް އަމާނާތްތެރިވުމީ އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ލިބިގެންވާ ޙައްޤެކެވެ.
އަދަބުދިނުމުގެ ޙައްޤު
ހެޔޮކަންތައް ކުރުމަށް ފިރިމީހާ ކޮށްފައިވާ ޢަމުރަށް އަނބިމީހާ ނުކިޔަމަންތެރިވާނަމަ ފިރިމީހާއަށް އެއަންހެނާއަށް ޢަދަބުދިނުމުގެ ޙައްޤު ލިބިގެންވެއެވެ. އެއީ އެކަނބަލުން ނުކިޔަމަންތެރިވެއްޖެނަމަ އެކަނބަލުންނާއި އެއްދާންކުރުން ދޫކޮށްލައިގެން، އެކަނބަލުންނަށް ޢަދަބުދިނުމާއި، އެކަނބަލުންގެ ގައިގައި ޖަހައިގެން ޢަދަބުދިނުމަށް މާތްﷲ ޢަމުރު ކުރައްވާފައި ވުމުންނެވެ. އަދި ކިޔަމަންތެރިވެއްޖެ ނަމަ، އެފަދަ ޢަދަބުދިނުން ހުއްޓާލުންވެސް ވާޖިބުވާނެއެވެ. އެއީ އަންނަނިވި އާޔަތުގައިވާ ފަދައިންނެވެ.
فَإِنْ أَطَعْنَكُمْ فَلَا تَبْغُوا عَلَيْهِنَّ سَبِيلًا
މާނައީ: "ފަހެ އެކަނބަލުން ތިޔަބައިމީހުންނަށް ކިޔަމަންތެރިވެއްޖެނަމަ އެހެންގޮތެއް އެކަނބަލުންގެ މައްޗަށް ހޯދާށެވެ. އެބަހީ އަދަބުދިނުންފަދަ މަގެއް ޚިޔާރު ނުކުރާށެވެ."
ޙައިޟް ނިފާސްކަމުންނާއި ޖުނުބުގެ ހިނައިގަތުން
ޝާފިޢީ މަޛުހަބާއި، ޙަނަފީ މަޛުހަބުގައިވާގޮތުން މިފަދަ ހިނެއުމުން ހިނައިގަތުމަށް ފިރމީހާ، އަނބިމީހާއަށް މަޖުބޫރުކުރެވިދާނެއެވެ. އަދި އަނބިމީހާއަކީ ޛިންމީއެއް ކަމުގައިވިޔަސް ފިރިމީހާއަށް މަޖުބޫރުކުރެވޭހުއްޓެވެ.
އަނބިމީހާ ގޮވައިގެން ދަތުރުކުރުން
އަނބިމީހާގެ ރަން ފުރިހަމައަށް އަދާކުރުމަށްފަހު ދަތުރު އަމާންކަމުގައިވަނީ ނަމަ، އެބަހީ އަނބިމީހާއަށް ރައްކާތެރިކަމުގައިވަނީ ނަމަ، ފިރމީހާއަށް އަނބިމީހާ ގޮވައިގެން ދަތުރުކުރެވިދާނެއެވެ.
ޖިންސީ އަރާމު
ފިރިމީހާ އަނބިމީހާގެ ކިބައިން ޖިންސީ އަރާމެއް ނުވަތަ އެފަދަ ހިތްހަމަޖެހުމެއް ބޭނުންވާ ކޮންމެ ވަޤުތެއްގައި އޭނާއަށް އެކަންތައް ކޮށްދިނުމާއި ހިތްހަމަޖައްސައިދިނުމަކީ އަނބިމީހާގެ މައްޗަށް ވާޖިބެކެވެ. ފިރިމީހާގެ ހިތްހަމަޖެއްސުމާއި އަރާމުދިނުމަށް އަނބިމީހާ ތައްޔާރުވެ ހުންނަންޖެހޭ ފަދައިން ފިރިމީހާވެސް އަނބިމީހާ އެދިއްޖެ ޙާލަތެއްގައި އޭނާގެ ހިތްހަމަޖައްސައިދީ، ބޭނުންވާ ކަންތައް ކޮށްދިނުމަކީ ފިރިމީހާގެވެސް ވާޖިބެކެވެ.
ފިރިމީހާގެ ޙައްޤުތަކަށް ރައްކާތެރިވުމުގެ މުޙިންމުކަން
އިބުނު ކަޘީރު ވިދާޅުވިއެވެ. "ފިރިމީހާއީ އަނބިމީހާގެ ޙަވާލުދާރެވެ. (ޤައްޔިމް) އެބަހީ، އަނބިމީހާގެ މައްޗަށް ބާރު ލިބިގެންވާ މީހާއެވެ. އަނބިމީހާގެ ވެރިއަކީ ފިރިމީހާއެވެ. އަނބިމީހާގެމައްޗަށް ހުރިހާ ޢަމުރު މަޢްރޫފެއް ހިންގާނީ ފިރިމީހާއެވެ. އެހެނީ އަނބިމީހާ ތެދުމަގުން ކަސިޔާރުވާހިނދު އޭނާ މަގަށް އަޅުވާ މީހަކީ ފިރިމީހާއެވެ."
ޢަބުދުއްރަޙްމާނުއް ސަޢްދީ ވިދާޅުވިއެވެ. "އަންހެނުންނަށް ނުލިބޭ ޚާއްޞަ ސިފަތަކެއް ފިރިހެނުންނަށް ﷲ ދެއްވާފައިވެއެވެ. އެއީ ހެޔޮވިސްނުމާއި ޙިކުމަތްތެރިކަމާއި، ކެތްތެރިކަމާއި ނަފްސުގެމައްޗަށް ގަދަވެގަތުމުގެ ބާރާއި ކުރިއަރަދިޔުމުގެ ކުޅަދާނަކަމެވެ. ހަމަ އެފަދައިން އެބައިމީހުންގެ އަނބިންނަށް ޚަރަދު ކުރުމަކީވެސް ފިރިހެނުންނަށް ޚާއްޞަކަމެކެވެ. ޙަޤީގަތުގައިވެސް ފިރިހެނުންނަކީ، ގިނަގޮތްގޮތައް އެބައިމީހުންގެ މުދާ ހޭދާކުރާބައެކެވެ. ފިރިމީހާއަކީ އަނބިމީހާގެ އެންމެހައި ކަންތައްތައް ބަލަހައްޓައި އޭނާގެ ވެރިމީހާ، އަދި އޭނާގެ ސާހިބު މީހާއެވެ. އަދި އަނބިމީހާއަކީ ފިރިމީހާގެ ބާރުގެ ދަށުގައި ބެލެހެއްޓުމުގެ ދަށުގައިވާ މީހެކެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ، އަނބިމީހާއަކީ ފިރިމީހާގެ ޤައިދުގައި ބަންދުކުރެވިފައިވާ މީހެކެވެ. އެހެންކަމުން ފިރިމީހާގެ ޒިންމާއަކީ އޭނާއާއި ﷲ ބެލުމަށް ޙަވާލުކުރައްވާފައިވާ މީހުންނަށް ރަނގަޅަށް އަޅާލައި އޯގާތެރިކަމާއެކު ބެލެހެއްޓުމެވެ. އަދި އަނބިމީހާގެ ޒިންމާއަކީ އޭނާ ހައްދަވައި ބޮޑުކުރެއްވި ކަލާނގެއަށް ފުރިހަމަގޮތުގައި ބޯލަނބައި ކިޔަމަންގަތުމެވެ. އަދި އޭނާގެ ފިރިމީހާއަށް ކިޔަމަންގަތުމެވެ."
އަލްޤާސިމީ ލިޔުއްވާފައިވެއެވެ. ފިރިމީހާއަކީ އޭނާގެ އަނބިމީހާގެ ބެލެހެއްޓުންތެރި ޙާވާލާދާރެވެ. އަދި އެބައިމީހުންގެ އުޅުމާއި، އަޚްލާޤު އިޞްލާޙުކުރުމުގެ ޒިންމާއާއި، ހެޔޮކަންތައްތަކަށް ޢަމުރުކުރުމާއި، މުންކަރާތްތައް ނަހީކުރުމުގެ މަސްޢޫލިއްޔަތު ޙަވާލުވެފައިވާ މީހާއެވެ."
އަލްޙާފިޒް އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ. "ފިރިމީހާގެ މައްޗަށް އަނބިމީހާއަށްވާ ޙައްޤުތަކަކީ އޭނާކުރާ ސުންނަތް އަޅުކަމަށްވުރެ އިސްވެގެންވާ ކަމެކެވެ. އެހެނީ ފިރިމީހާގެ ޙައްޤުތަކަށް ރައްކާތެރިވުމަކީ އަނބިމީހާގެމައްޗަށް ފަރުޟެކެވެ. ފަހެ އެކަމަކީ ސުންނަތުގެ މައްޗަށް ފަރުޟެއް އިސްވެގެންވާފަދައިން އޮތްކަމެކެވެ."
އިސްވެ މިދެންނެވުނު ޢިލްމުވެރިންގެ ވާހަކަތަކުން ފިރިމީހާގެ ޙައްޤުތަކަށް ރައްކާތެރިވުމަކީ އަނބިމީހާއަށް ކިހާމުހިންމު ކަމެއްކަން އެނގި ހާމަވެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ.
بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ
މާނައީ: " އަންހެނާގެ މައްޗަށް ފިރިހެނުންނަށް މާތްﷲ ދެއްވި މަތިވެރިކަމެއްގެ ސަބަބުންނެވެ." އަދިވެސް މާތްﷲ ވަޙީ ކުރެއްވިއެވެ.
وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ
މާނައީ: "އަދި އެކަނބަލުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއް ލިބިގެންވެއެވެ."
ކީރިތި ރަސޫލާގެ އަންނަނިވި ޙަދީޘްފުޅުތަކުންވެސް ފިރިމީހާގެ ޙައްޤުތަކަށް ރައްކާތެރިވުމުގެ މުޙިންމުކަން ހާމަވެގެންދެއެވެ. ރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "އެއްވެސް އިންސާނަކު އަނެއް އިންސާނަކަށް ސަޖިދަ ކުރުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. އަދި އެއްވެސް މީހަކަށް ސަޖިދަކުރުމަށް އަމުރުކުރައްވާނޭނަމަ، އަނބިމީހާ އޭނާގެ ފިރިމީހާއަށް ސަޖިދަ ކުރުމަށް އަމުރު ކުރެއްވީމުހެވެ. އެހެނީ ފިރިމީހާއަށް އަނބިމީހާގެ ގާތުގައި އެހާބޮޑު މަތިވެރިކަމެއް ލިބިގެންވެއެވެ. އެފަރާތެއްގެ ބާރުގެ ދަށުގައި ތިމަންކަލޭގެފާނުގެ ނަފްސުވާފަރާތް ގަންދެއްވައި ވިދާޅުވަމެވެ. ފަހެ އޭނާގެ ފިރިމީހާގެ ފައިތިލައިން ފެށިގެން ބޮލުގެ މެދާ ޖެހެންދެން ޒަޚަމްވެ އެތަނުގައި ހެދިފަވާ ފާރުގަނޑުން ދޮސް އޮހޮރި އޮހޮރި ހުރިކަމުގައިވީ ހިނދު އޭނާގެ އަނބިމީހާ އައިސް އެހުރިހާ އެއްޗެއް ދޫލައިގެން ބުއިކަމުގައިވިޔަސް ދެންވެސް، އަނބިމީހާ އޭނާގެ ފިރިމީހާގެ ޙައްޤު އަދާކުރިކަމުގައި ނުވެއެވެ."
އަބޫހުރައިރާ ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "އަނބިމީހާއަށް (ސުންނަތް) ރޯދަހިފުން ފިރިމީހާގެ ހާޟިރުގައި ހުއްދަވެގެން ނުވެއެވެ. އެއީ ފިރިމީހާ އެކަމަށް އަމުރު ނުދޭހާ ހިނދެއްގައެވެ. އަދި ފިރިމީހާގެ ހުއްދައާއި ނުލައި އަނބިމީހާ ކުރާ ޞަދަޤާތުގެ ސަވާބުގެ، ދެބައިކުޅައެއްބައި ލިބޭހުށީ އޭނާގެ ފިރިމީހާއަށެވެ."
މުޢާޒުބުން ޖަބަލް ރަޟިޔަﷲ އަރިހުގެ ކިބައިން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "އަންހެނަކަށް އޭނާގެ ފިރިމީހާގެ ޙައްޤުތަށް އެނގޭކަމުގައިވާނަމަ، އޭނާ ފިރިމީހާއަށް ހެނދުނާއި، ރޭގަނޑުގެ ކެއުން ތައްޔާރުކޮށް ކައި އަވަދި ވެއްޖައުމަށް ދާންދެން ތަނެއްގައި ނުއިށީންނާނެއެވެ."
ވީމާ އިސްވެދިޔަ އާޔަތްތަކާއި ޙަދީޘްފުޅުތަކުންނާއި، ޢިލްމުވެރިންގެ ވާހަކަފުޅުތަކުން އަނބިމީހާ ފިރިމީހާގެ ޙައްޤުތަކަށް ރައްކާތެރިވުމުގެ މުޙިންމުކަން އެނގިގެންދެއެވެ.
ފިރިމީހާގެ ޙައްޤުތަކަށް އިހާނެތިކޮށް ހިތުމާއި، ފިރިމީހާއަށް ނުކިޔަމަންތެރިވުމުގެ ނުބައިކަން
ރަސޫލާގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "އެބައެއްގެ ކަންފަތައްވުރެ މައްޗަށް އެބައިމީހުންކުރާ އަޅުކަންތައް އުފުލިގެން ނުދާނެ ތިންމީހަކުވެއެވެ. ފުރަތަމަ މީހަކީ: ސާހިބު މީހާގެ ކައިރިން ފިލައިގެން ގޮސްފައިވާ އަޅު އެނބުރި އަތުވެއްޖައުމަށް ދާންދެނެވެ. ދެވަނަ މީހަކީ : އޭނާގެ ފިރިމީހާ ރުޅިއައިސްފައިވާ ޙާލު އެރޭ ވޭތުކުރި މީހާއެވެ. (އެރުޅި އަކީ ޝަރުޢީގޮތުން ފިރިމީހާއަށް ނުކިޔަމަންތެރިވުމުގެ ސަބަބުން ފިރިމީހާ އޭނާ ދެކެ އައި ރުޅިއެކެވެ.) ތިންވަނަ މީހާއަކީ : އެމީހަކާއި މެދު މީސްތަކުން ނުރުހޭ ހިނދު ޖަމާޢަތުގައި އިމާމުވެ ނަމާދުކުރާ މީހާއެވެ." ވީމާ އަނބިމީހާ އޭނާގެ ފިރިމީހާގެ ގާތަށް ރުޅިއަތުވެދާނެ އެންމެހާ ކަންކަމުން ދުރުހެލިވެ، ފިރިމީހާއަށް ފުރިހަމައަށް ކިޔަމަންތެރިވެ، ފިރިމީހާގެ ޙައްޤުތަކަށް ޒިންމާދާރު ވުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެކެވެ.
ފިރިމިހާއަށް ޝުކުރުވެރިނުވާ އަންހެނުންގެ ވާހަކަ ކީރތި ރަސޫލާ އަންނަނިވި ފަދައިން ބަޔާންކުރައްވާފައިވެއެވެ. "އެމީހެއްގެ ފިރިމީހާއަށް ޝުކުރުވެރިނުވާ އަންހެނާއަށް މާތްﷲ ބައްލަވައިވޮޑިގެން ނުވެއެވެ. އަދި އެކަމަކީ އޭނާގެ ފިރިމީހާ ނުލައި ނުކުރެވޭނެ ކަމެކެވެ."
ފިރިމީހާ ބޭނުންވާ ވަގުތަކު ފިރިމީހާ ގާތަށް ތަންމައްޗަށް އައުމަށް އިންކާރުކުރާ އަނބިންގެ ނުބައިކަންވެސް ރަސޫލާ ބަޔާންކުރެއްވިއެވެ. އަބޫހުރުއިރާގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ތިމަންކަލޭގެފާނުގެ ނަފުސް އެފަރާތެއްގެ އަތްޕުޅުގައިވާ ﷲ ގަންދެއްވައި ވިދާޅުވަމަވެ. އެއްވެސް ފިރިހެނަކު އޭނާގެ އަނބިމީހާއަށް ތަންމައްޗަށް އައުމަށް ގޮވާލާހިނދު އެކަމަށް އިންކާރުކުރާ އަންހެނާއަށް އޭނާގެ ފިރިމީހާ ރުހިއްޖައުމަށް ދާންދެން ކީރިތި ﷲ ކޯފާވެވޮޑިގެންވެއެވެ." އަދިވެސް ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. "ފިރިމީހާގެ އެދުމާއި ދެކޮޅު ހަދައިގެންހުރެ ރޭގަނޑު ހޭދަކޮށްފިނަމަ އެމީހަކު އޭނާގެ ފިރިމީހާގެ ގާތައް އެނބުރި އަތުވެއްޖައުމަށް ދާންދެން މަލާއިކަތުން އެމީހަކަށް ލަޢްނަތް ލެއްވުން އެދި ދުޢާކުރާނެތެވެ."
އަންހެނަކަށް ރަސޫލާ ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން އޭނާއަކީ (ކަލޭގެ ފިރިމީހާއަކީ) ކަލޭގެ ސުވަރުގެއެވެ. އަދި ކަލޭގެ ނަރަކައެވެ."
އެހެނީ ގަދަފަދަވަންތަ މަތިވެރިﷲއަށް ކިޔަމަންތެރިވެ، އޭނާގެ ފިރިމީހާގެ ޙައްޤުތަށް ފުރިހަމަކޮށްދީ އޭނާއަށް އިޚްލާސްތެރި ކަމާއެކު ބޯލަނބައިފިނަމަ، ދެން އޭނާގެ ފިރިމީހާއަކީ އޭނާގެ ސުވަރުގެއެވެ. އެބަހީ، އެފަދަ އަންހެނާ ސުވަރުގެއަށް ވަދެވުމުގެ ސަބަބަކީ އޭނާގެ ފިރިމީހާއެވެ. ހަމައެފަދައިން އޭނާގެ ފިރިމީހާއަށް ނުކިޔަމަންތެރިވުމުގެ އަންހެނާ ނަރަކައަށް ވަދެވުމުގެ ސަބަބަކަށް ފިރިމީހާވެދެއެވެ. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެނަކީ ހެޔޮބަސް އަހާ ހެޔޮބަސް ޤަބޫލުކުރާބައެއްގެ ގޮތުގައި މާތްﷲ މިންވަރު ކުރެއްވުމެވެ. އާމީން!

salaam
ReplyDeletemihaaru keehve baa update nukuranee? i've been waiting for a new stuff impatiently..but no success yet :(
ސަލާމް...
ReplyDeleteއެންމެ ކުރިންސުރެވެސް އަޑުއަހަނީ ސުވަރުގެވަނީ މަންމަގެ ފައިތިލަދަށުންނޭ... އެއީ މެރީ ނުކުރާ އަންހެންކުދިންނަށާއި ހުރިހާ ފިރިހެނުންނަށްތައް؟ އަދި މެރީ ކޮށްގެން އުޅޭ އަންހެންނުންނަށް ސުވަރުގެ ވަނީ ފިރިމިހާއަށް އެކަނި ކިޔަމަން ވެގެންތޯ؟ އަދި މެރީކުރުމަށް ފަހު، އަންހެންމީހާ ހަދަންޖެހޭނީ ފިރިމީހާ ބުނާގޮތް އެކަނިތޯ؟