9.25.2012

ބަސް ޑުރައިވަރު އިސްލާމް ވުން


އިންޑިޔާގެ އިމާމެއް (މުދިމެއް) ލަންޑަނަށް ހިޖުރަ ކުރިއެވެ. އޭނަ އާއްމުކޮށް ބާޒާރަށް ދަނީ ބަހުގައެވެ. ގިނަ ދުވަސް ދުވަހު އޭނާ ދަތުރު ކުރާ ބަހުގެ ޑުރައިވަރު ބަދަލެއް ނުވެއެވެ. އެއް ދުވަހު އޭނާ ދެޕައުންޑް ދީފައި ޓިކެޓެއް ގަތުމުން ޑްރައިވަރަށް އޮޅިގެން ވިހި ޕެންސް ( ލާރި ) އިތުރަށް އިތުރަށް އޭނާއަށް ދިނެވެ. ޑުރައިވަރު ބާކީ ދިނީ އިތުރަށް ކަން އިމާމަށް އެގުނީ ބަހުގައި އިށިން ފަހުންނެވެ. އިމާމް މީހާ ހަދާނެ ގޮތަކާއި މެދު ވިސްނާލިއެވެ. ''އިތުރަށް ލިބުނު ވިހި ޕެންސް އަބުރާ ޑުރައިވަރަށް ދޭންވީއެވެ. އެ ބޭނުން ކުރުމަކީ ރަގަޅު ކަމަކަށް ނުވާނެއެވެ.'' މިހެން ހިތަށް އަރާފަ އިތުރަށް ވިސްނާލިއެވެ. ވިހި ޕެންސް އަކީ އެއްވެސް އެއްޗެއް ނޫނެވެ. ކުރީ ފަހަރު އެހެން ޑުރައިވަރެއް އޮޅިގެން ވިހި ޕެންސް މަދުން ދީފައި ވެއެވެ. އަނެއްކާ ބަހުގެ ޓިކެޓު ވެސް އެހާ އަގުބޮޑެވެ. އެހެން ވީމާ ﷲ ދެއްވި ރަހުމަތެއް ކަމަށް ބަލައި އަޅާ ނުލާނީއެވެ."

ބަސް ހުއްޓާ ލުމުން، އޭނާ ޑުރައިވަރަށް ވިހި ޕެންސް ދީފައި ފައިބަމުން ބުންޏެވެ. މިއީ ބާކީ ދިން އިރު އޮޅިގެން އިތުރަށް ދެވުނު ލާރިއެވެ. އެހިދު ޑުރައިވަރު ހިނިތުން ވެލާފައި ބުންޏެވެ. ތިޔައީ ސައުތު ލަންޑަނަށް އަލަށް އައި އިމާމު ނޫން ހެއްޔެވެ؟؟ އަހަރެން މުސްލިމަކަށް ވާން ގަސްދު ކުރަމެވެ. ކަލެޔަށް ވިހި ޕެންސް އިތުރަށް ދިނީ ތިޔަށް ހަދާ ގޮތެއް ބެލުމުގެ ގަސްދުގައެވެ. ''މުދިމު ބަހުން ފައިބައި ހިގައި ގަންނަން ދަތިވިއެވެ. އޭނާ ކަކުލު ހުޅުން ބާރު ދިޔަ ކަހަލައެވެ. ކައިރީގައި ހުރި ހޮޅިދަނޑިއެއްގައި ހިފަހައްޓައިގެން ހުރެ އުޑާ ދިމާއަށް އިސްއުފުލާލައި ބުންޏެވެ.'' ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އޭނާ އަށް ތެދުމަގު ދެއްވި ކަމަށް ޓަކައި އިބަ ﷲ އަށް ޙަމްދު ކުރަމެވެ. މި އަޅާ ދުވަހަކުވެސް މީހެއްގެ ޙައްޤަކަށް އަރައެއް ނުގަންނާނަމެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment