Showing posts with label އައްޝައިޚް އަޙްމަދު ސަމީރު އިބްރާހިމް. Show all posts
Showing posts with label އައްޝައިޚް އަޙްމަދު ސަމީރު އިބްރާހިމް. Show all posts

11.16.2011

އޭ އުޚުތުންނޭވެ! ތިޔަކަނބަލުންގެ ޢިއްޒަތާއި ކަރާމާތް ދުނިޔަވީ މުދަލަކަށް ވިއްކާ ނުލާށެވެ!

އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހިމް
މިހާރަކަށް އައިސް އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް އެކަނބަލުންނަށް މިނިވަންކަން ދިނުމަކީ ހުރިހާ މުޖުތަމަޢުތަކެއްގައިވެސް ވަރަށް އަހަންމިއްޔަތުކަންދޭ ކަމެކެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް އަންހެނުންގެ ފައިދާ ނާޖާއިޒު ގޮތުގައި ބޭނުންކުރުން އިތުރުވަމުންދާކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. އަދި މީގައި އެންމެ ހިތާމަކުރަންޖެހޭކަމަކީ އަންހެނުންގެ ޝަރަފާއި ޢިއްޒަތް ގެއްލިދާފަދަ ދަށުފެންވަރުގެ ކަންތަކަކީ އެކަނބަލުންގެ ޙައްޤުތައްކަމުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރާ ޖަމާޢަތްތަކުން ދެކޭކަމެވެ.

އަހުރެމެންގެ މިދިވެހި މުޖުތަމަޢުގައިވެސް އަންހެނުންނަށް ތަފާތު އަނިޔާތައްދަނީ ކުރެވެމުންނެވެ. މިގޮތުން ކުރެވޭ އަނީޔާ ތަކުގެ ތެރޭގައި އަންހެނުންގެ ހަށިވިއްކުން ފާހަގަ ކުރެވެއެވެ. މިތަނުގައި އަޅުގަނޑު ހަށިވިއްކުން މި މާނަ ކުރަނީ ތިޔަބޭފުޅުން ތިޔަހީކުރައްވާ ވަރަށްވުރެ މާ ފުޅާ މާނައެއްގައެވެ. ހަށިވިއްކުމޭ ބުނުމުން ހުރިހާ މީހުންގެ ސިކުނޑިތައްވެސް ގޮސް ހުއްޓެނީ އެއް ދިމާލަކަށެވެ. މަސާޖު ކުރާތަންތަން ނުވަތަ ހަށީގެ ވިޔަފާރިއަށެވެ. މިކަންކަމަކީ ހުރިހާ މީހުންވެސް ނަފުރަތު ކުރާކަންތަކެވެ. ދިވެހި ރާއްޖޭގައި މަސާޖުކުރާ ތަންތަނުގައި މިފަދަ ކަންތައް ހިނގަމުންދާތީ އެކަމާ މުޅި ދިވެހި ރާއްޖެވަނީ އިދިކޮޅު ހަދާ ކަންބޮޑުވެފައެވެ.

ނަމަވެސް ހިތާމަ ކުރަންޖެހެނީ އެކަމާ ދެކޮޅުހެދި ބައެއް މީހުންވެސް އަންހެނުންގެ ހަށިގަނޑު ވިޔަފާރީގައި ބޭނުން ކުރަމުންދާކަމެވެ. އަޅުގަނޑު މިދަންނަވަނީ ވިޔަފާރިވެރިންގެ މުދާ އިޝްތިހާރުކުރުމުގައި އަންހެނުންގެ ހަށިގަނޑު ބޭނުން ކޮށްގެން އެމީހުންގެ މުދާ ވިއްކުމަކީ ހަށިވިއްކުން ކަމުގައި ނުވާނެ ބާވައެވެ؟ މިކަމަކީ މިއަދު މުޅި ދުނިޔޭގައި ފެތުރިފައިވާ ވަބާއެކެވެ. އަހަރުމެންގެ މައިންނާއި އަނބިން އަދި ދައްތައިންކަމުގައިވާ އަންހެނުންނާ ދެކޮޅަށް އިޢުލާނު ކުރެވިފައިވާ އަނިޔާވެރި ހަނގުރާމައެކެވެ. މިހަނގުރާމައިގައި އަނިޔާ ލިބެމުންދާ އަޅުގަނޑުމެންގެ މުސްލިމު އުޚުތުންގެ ތަޞްވީރުތައް ބަލާލި ކޮންމެ ދިމާލަކުން ފެންނާނެއެވެ. މާލޭގެ ކޮންމެ ހަތަރު އަނގޮޅިއެއްގައި މިނިކަމެތި އަންހެނުންގެ ހަށިގަނޑު ދުނިޔަވީ ފައިދާއަށްޓަކައި ވިކިފައިވާތަން ފެންނާނެއެވެ. އެންމެ ހިތާމަ ކުރަން ޖެހޭކަމަކީ އަޅުގަނޑުމެންގެ ޓީވީތަކުން މިކަމުގައި ވަރަށް ކުރިޔަށް ގޮސްފައިވާ ކަމެވެ. މިގޮތުން އިޝްތިހާރުގައި ބޭނުންކުރެވެނީ ވަކި ވައްތަރެއްގެ މުދަލެއް ނޫނެވެ. ސިމެންތި، ޔަންމާ އިންޖީނު، ވަޑާންކުރުމަށް ބޭނުންވާ ކަރަންޓު ސާމާނު، ލަކުޑި ، ފެން ޕަމްޕު ، މޮހޮރު މަރުތެއޮ، މިހެން ގޮސް ޢިމާރާތް ކުރުމުގެ ސާމާނަށް ދާންދެން ވިއްކަމުން ދަނީ އަންހެނުންގެ ހަށިގަނޑު އެވިޔަފާރީގައި ބޭނުން ކޮށްގެންނެވެ.

އެންމެހާ މުސްލިމު އުޚްތުންނޭވެ! ތިޔަކަނބަލުންނަކީ އެހާ ދަށްފެންވަރުގެ ބައެއްނޫނެވެ. އިސްލާމް ދީނުގައި ތިޔަކަނބަލުންނަށް ދީފައިވާ ޢިއްޒަތަކީ ވަރަށް މަތިވެރި ޢިއްޒަތެކެވެ. ހުރިހާ ޙާލެއްގައިވެސް އަންހެނުން ވަނީ ޙިމާޔަތް ކުރެވިފައެވެ. ހަނގުރާމައިގެ ޙާލުގައިވެސް އަންހެނުން މެރުން ސަލާމާއިޞަލަވާތްލެއްވި ކީރިތި ރަސޫލާވަނީ ނަހީކުރައްވާފައެވެ. ލިބިދާނެ އަނިޔާއަކުން ސަލާމަތް ކުރުމަށްޓައި އަންހެނުން އެކަނި ދަތުރުކުރުންވަނީ ނަހީ ކުރެވިފައެވެ. އަދި ކިއެއްތަ ކައިވެނީގެ ޢަޤުދަކާއި ނުލާ ހިލޭ އަންހެނެއްގައި ބީހުންވެސް ވަނީ ނަހީކުރައްވާފައެވެ. އަދި އެންމެ ހެޔޮ މީހަކީ އަނބީންނަށް އެންމެ ހެޔޮ މީހާކަމުގައިވަނީ އަންގަވާފައެވެ. އަންހެނާ އަބަދުމެ ހުންނަނީ މީހެއްގެ ޙިމާޔަތުގެ ދަށުގައެވެ. ހިލޭ ފިރިހެނުންގެ އަނިޔާވެރި ވަކިތަކުން ކޫރުމެއްވެސް އެޅުނަ ނުދިނުމަށްޓަކައި ފިރިހެނުންނާއި އެކަހެރި ނުވުމަށާއި، އަންހެނުން އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުނުކުރުމަށާއި، މީރުވަސްދުވާ އަތަރާއި ސެންޓް ޖަހައިގެން ހިލޭ ފިރިހެނުންގެގާތަށް ނުނިކުތުމަށް ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ތުއި އަޑުން ހިލޭ ފިރހެނުންނާ ވާހަކަދެއްކުންވަނީ މަނާކުރެވިފައެވެ. ޒީނަތްތެރިކަން ފާޅުކުރުމުގެ ގޮތުން އަންހެނުންގެ ފައިގައި އޮންނަ ތަކަހޮޅީގެ އަޑު އިވޭވަރަށް ބިމުގައި ބާރަށް ފައިން ޖެހުން ވަނީ ނަހީކުރައްވާފައެވެ. މިހެންގޮސް ލިޔާނަމަ ވަރަށް ގިނަ ވާހަކަލިޔެވިދާނެއެވެ. މިހުރިހާކަމެއްވެސް އަންގަވާފައިވަނީ އަންހެނާގެ ޙިމާޔަތަށް ޓަކައެވެ. ފިރިހެނުންގެ ފަރާތުން ލިބިދާނެ އަނިޔާއަކުން ސަލާމަތް ކުރެއްވުމަށްޓަކައެވެ.

ވިޔަފާރީގައި އަންހެނުންގެ ހަށި ބޭނުންކުރުމަކީ މިއަދު އަޅުގަނޑުމެން މުޅިގައުމު ސަމާލުކަމަށް ގެންނަން ޖެހޭކަމެކެވެ. އަދި ޙައްލުކުރަން ޖެހޭ މުހިންމު މައްސަލައެކެވެ.

ވިޔަފާރިވެރީންނޭވެ! ތިޔަބައިމީހުންގެ މުސްލިމު އުޚްތުންނާމެދު މާތް ﷲއަށް ތަޤުވާވެރިވާށެވެ! އެކަނބަލުންގެ ޢިއްޒަތް ދުނިޔަވީ ފައިދާއަކަށް ނަގައި ނުލާށެވެ! މިހަނގުރާމައިގައި އަނިޔާލިބިފައިވާ އަހުރެމެންގެ އުޚުތުންނޭވެ! ތިޔަކަނބަލުންގެ ޢިތްޒަތާއި ކަރާމާތް ދުނިޔަވީ މުދަލަކަށް ވިއްކާ ނުލާށެވެ! ތިޔަކަނބަލުންނަކީ ދުނިޔަވީ މުދަލަކަށް ގަނެވޭ ވަރަށްވުރެ މާ އަގުބޮޑު ބައެކެވެ.

މާތް ﷲ އަޅަމެންގެ މުސްލިމު އުޚްތުން މިއަނިޔާވެރިކަމުން ސަލާމަތް ކުރައްވާށި! އާމީން.

އިތުރަށް ވިދާޅުވޭ...

3.01.2010

މިއީ މިނިވަންކަންތަ ނުވަތަ އަނިޔާތަ ؟

އައްޝައިޚް އަޙްމަދު ސަމީރު އިބްރާހިމް
ިހާރަކަށް އައިސް އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް އެކަނބަލުންނަށް މިނިވަންކަން ދިނުމަކީ ހުރިހާ މުޖުތަމަޢުތަކެއްގައިވެސް ވަރަށް އަހަންމިއްޔަތުކަންދޭ ކަމެކެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް އަންހެނުންގެ ފައިދާ ނާޖާއިޒު ގޮތުގައި ބޭނުންކުރުން އިތުރުވަމުންދާ ކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. އަދި މީގައި އެންމެ ހިތާމަކުރަންޖެހޭކަމަކީ އަންހެނުންގެ ޝަރަފާއި ޢިއްޒަތް ގެއްލިދާފަދަ ދަށުފެންވަރުގެ ކަންތަކަކީ އެކަނބަލުންގެ ޙައްޤުތައްކަމުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރާ ޖަމާޢަތްތަކުން ދެކޭކަމެވެ.

ަހުރެމެންގެ މިދިވެހި މުޖުތަމަޢުގައިވެސް އަނަހެނުންނަށް ތަފާތު އަނިޔާތައް ދަނީ ކުރެވެމުންނެވެ. މިގޮތުން ކުރެވޭ އަނިޔާ ތަކުގެ ތެރޭގައި އަންހެނުންގެ ހަށިވިއްކުން ފާހަގަ ކުރެވެއެވެ. މިތަނުގައި އަޅުގަނޑު ހަށިވިއްކުން މި މާނަ ކުރަނީ ތިޔަބޭފުޅުން ތިޔަހީކުރައްވާ ވަރަށްވުރެ މާ ފުޅާ މާނައެއްގައެވެ. ހަށިވިއްކުމޭ ބުނުމުން ހުރިހާ މީހުންގެ ސިކުނޑިތައްވެސް ގޮސް ހުއްޓެނީ އެއް ދިމާލަކަށެވެ. މަސާޖު ކުރާތަންތަން ނުވަތަ ހަށީގެ ވިޔަފާރި އަށެވެ. މިކަންކަމަކީ ހުރިހާ މީހުންވެސް ނަފުރަތު ކުރާކަމެކެވެ. ދިވެހި ރާއްޖޭގައި މަސާޖުކުރާ ތަންތަނުގައި މިފަދަ ކަންތައް ހިނގަމުން ދާތީ އެކަމާ މުޅި ދިވެހި ރާއްޖެވަނީ އިދިކޮޅު ހަދާ ކަންބޮޑުވެފައެވެ.

ނަމަވެސް ހިތާމަ ކުރަންޖެހެނީ އެކަމާ ދެކޮޅުހެދި ބައެއް މީހުންވެސް އަންހެނުންގެ ހަށިގަނޑު ވިޔަފާރީގައި ބޭނުން ކުރަމުން ދާކަމެވެ. އަޅުގަނޑު މިދަންނަވަނީ ވިޔަފާރިވެރިންގެ މުދާ އިޝްތިހާރުކުރުމުގައި އަންހެނުންގެ ހަށިގަނޑު ބޭނުން ކޮށްގެން އެމީހުންގެ މުދާ ވިއްކުމަކީ ހަށިވިއްކުން ކަމުގައި ނުވާނެ ބާވައެވެ؟ މިކަމަކީ މިއަދު މުޅި ދުނިޔޭގައި ފެތުރިފައިވާ ވަބާއެކެވެ. އަހަރުމެންގެ މައިންނާއި އަނބިން އަދި ކޮއްކޮއިންނާއި ދައްތައިންކަމުގައިވާ އަންހެނުންނާ ދެކޮޅަށް އިޢުލާނު ކުރެވިފައިވާ އަނިޔާވެރި ހަނގުރާމައެކެވެ. މިހަނގުރާމައިގައި އަނިޔާ ލިބެމުންދާ އަޅުގަނޑުމެންގެ މުސްލިމު އުޚުތުންގެ ތަޞްވީރުތައް ބަލާލި ކޮންމެ ދިމާލަކުން ފެންނާނެއެވެ. މާލޭގެ ކޮންމެ ހަތަރު އަނގޮޅިއެއްގައި މިނިކަމެތި އަންހެނުންގެ ހަށިގަނޑު ދުނިޔަވީ ފައިދާއަށްޓަކައި ވިކިފައިވާތަން ފެންނާނެއެވެ. އެންމެ ހިތާމަ ކުރަން ޖެހޭކަމަކީ އަޅުގަނޑުމެންގެ ޤައުމީ ޓީވީ މިކަމުގައި ވަރަށް ކުރިޔަށް ގޮސްފައިވާ ކަމެވެ. މިގޮތުން އިޝްތިހާރުގައި ބޭނުންކުރެވެނީ ވަކި ވައްތަރެއްގެ މުދަލެއް ނޫނެވެ. ސިމެންތި، ޔަންމާ އިންޖީނު، ވަޑާންކުރުމަށް ބޭނުންވާ ކަރަންޓު ސާމާނު، ލަކުޑި ، ފެން ޕަމްޕު ، މޮހޮރު މަރުތެއޮ، މިހެން ގޮސް ޢިމާރާތް ކުރުމުގެ ސާމާނަށް ދާންދެން ވިއްކަމުން ދަނީ އަންހެނުންގެ ހަށިގަނޑު އެވިޔަފާރީގައި ބޭނުން ކޮށްގެންނެވެ.

އެންމެހާ މުސްލިމު އުޚްތުންނޭވެ! ތިޔަކަނބަލުންނަކީ އެހާ ދަށުފެވަރުގެ ބައެއް ނޫނެވެ. އިސްލާމް ދީނުގައި ތިޔަކަނބަލުންނަށް ދީފައިވާ ޢިތްޒަތަކީ ވަރަށް މަތިވެރި ޢިތްޒަތެކެވެ. ހުރިހާ ހާލެއްގައިވެސް އަންހެނުން ވަނީ ޙިމާޔަތް ކުރެވިފައެވެ. ހަނގުރާމައިގެ ޙާލުގައިވެސް އަންހެނުން މެރުން ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ވަނީ ނަހީކުރައްވާފައެވެ. ލިބިދާނެ އަނިޔާއަކުން ސަލާމަތް ކުރުމަށްޓައި އަންހެނުން އެކަނި ދަތުރުކުރުންވަނީ ނަހީ ކުރެވިފައެވެ. އަދި ކިއެއްތަ ކައިވެނީގެ ޢަޤުދަކާއި ނުލާ ހިލޭ އަންހެނެއްގައި ބީހުންވެސް ވަނީ ނަހީކުރައްވާފައެވެ. އަދި އެންމެ ހެޔޮ މީހަކީ އަނބީންނަށް އެންމެ ހެޔޮ މީހާކަމުގައިވަނީ އަންގަވާފައެވެ. އަންހެނާ އަބަދުމެ ހުންނަނީ މީހެއްގެ ޙިމާޔަތުގެ ދަށުގައެވެ. ހިލޭ ފިރިހެނުންގެ އަނިޔާވެރި ވަކިތަކުން ކޫރުމެއްވެސް އެޅުނަ ނުދިނުމަށްޓަކައި ފިރިހެނުންނާއި އެކަހެރި ނުވުމަށާއި، އަންހެނުން އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުނުކުރުމަށާއި، މީރުވަސް ދުވާ އަތަރާއި ސެންޓް ޖަހައިގެން ހިލޭ ފިރިހެނުންގެ ގާތަށް ނުނިކުތުމަށް ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ތުއި އަޑުން ހިލޭ ފިރހެނުންނާ ވާހަކަދެއްކުން ވަނީ މަނާކުރެވިފައެވެ. ޒީނަތްތެރިކަން ފާޅުކުރުމުގެ ގޮތުން އަންހެނުންގެ ފައިގައި އޮންނަ ތަކަހޮޅީގެ އަޑު އިވޭވަރަށް ބިމުގައި ބާރަށް ފައިން ނުޖެހުމަށް ވަނީ އަމުރު ކުރައްވަފައެވެ. މިހެންގޮސް ލިޔާނަމަ ވަރަށް ގިނަ ވާހަކަލިޔެވިދާނެއެވެ. މިހުރިހާ ކަމެއްވެސް އަންގަވާފައިވަނީ އަންހެނާގެ ޙިމާޔަތަށް ޓަކައެވެ. ފިރިހެނުންގެ ފަރާތުން ލިބިދާނެ އަނިޔާއަކުން ސަލާމަތް ކުރެއްވުމަށްޓަކައެވެ.

ވިޔަފާރީގައި އަންހެނުންގެ ހަށި ބޭނުން ކުރުމަކީ މިއަދު އަޅުގަނޑުމެން މުޅި ޤައުމު ސަމާލުކަމަށް ގެންނަން ޖެހޭކަމެކެވެ. އަދި ޙައްލުކުރަން ޖެހޭ މުހިންމު މައްސަލައެކެވެ.

ވިޔަފާރިވެރީންނޭވެ! ތިޔަބައިމީހުންގެ މުސްލިމު އުޚްތުންނާމެދު މާތް ﷲ އަށް ތަޤުވާވެރިވާށެވެ! އެކަނބަލުންގެ ޢިއްޒަތް ދުނިޔަވީ ފައިދާއަކަށް ނަގައި ނުލާށެވެ! މިހަނގުރާމައިގައި އަނިޔާލިބިފައިވާ އަހުރެމެންގެ އުޚުތުންނޭވެ! ތިޔަކަނބަލުންގެ ޢިތްޒަތާއި ކަރާމާތް ދުނިޔަވީ މުދަކަށް ވިއްކާ ނުލާށެވެ! ތިޔަކަނބަލުންނަކީ ދުނިޔަވީ މުދަލަކަށް ގަނެވޭ ވަރަށްވުރެ މާ އަގުބޮޑު ބައެކެވެ.

މާތް ﷲ އަޅަމެންގެ މުސްލިމު އުޚްތުން މިއަނިޔާވެރިކަމުން ސަލާމަތް ކުރައްވާށި! އާމީން.

އިތުރަށް ވިދާޅުވޭ...

1.04.2010

ދެމަފިރިން ދެމެދު ފަސާދަ ކުރުމަކީ އިންސާނިއްޔަތަށް ކުރެވޭ ޖަރީމާއެއް

އައްޝައިޚް އަޙްމަދު ސަމީރު އިބްރާހިމް
މުޖުތަމަޢުތައް ބިނާ ވަނީ ޢާއިލާ ތަކަކަނުންނެވެ. ޢާއިލާތައް ބިނާވަނީ އަންހެނަކާއި ފިރިހެނެއްގެ ދެމެދު ގުޅައިދޭ ކައިވެނީގެ މުޤައްދަސް ގުޅުމަކުންނެވެ. ވީމާ މުޖުތަމަޢުތައް ހެޔޮވުމާއި ނުވުން ބިނާވެގެންވަނީ ޢާއިލާތަކުގެ މައްޗަށެވެ. އެ މުޖުތަމަޢަކީ ކައިވެނީގެ މަޤުޞަދު ރަނގަޅަށް ދަންނަ ބަޔަކު އުޅޭ މުޖުތަމަޢެއްކަމުގައި ވާނަމަ އެ މުޖުތަމަޢެއްގެ އަހުލުވެރިން އުޅެމުން ދާނީ އުފާ ފާގަތިކަމުގައެވެ. އެފަދަ ތަނެއްގައި އެކަކު އަނެކަކަށް ރަޙުމް ކުރާނެއެވެ. އެއްބަޔަކު އަނެއް ބަޔަކަށް އަޅާލައި އޯގާތެރި ވާނެއެވެ. ދަރިންނާއި މައިން ބަފައިންގެ މެދުގައި ލޮތްބާއި ކުލުނު އޮންނާނެއެވެ. އެހެނީ ދަރިން ލޮތްބާއި ކުލުނު ދަސްކޮށްފައި ވަނީ މަންމައާއި ބައްޕަ އެކަކު އަނެކަކަށް އަޅާލައި އޯގާތެރިވާތަން ދެކިގެންނެވެ.

ދެމަފިރިންގެ ދެމެދު ގުޅޭ ގުޅުމަކީ މިހާ މުހިންމު ގުޅުމަކަށް ވީއިރު އެދެމެދު ފަސާދަ ކުރުމުމުގެ ނުބައިކަން އެއްވެސް މީހަކަށް އޮޅިފައި ނުވާނެކަން ޔަޤީނެވެ. އެހެނީ އެދެމެދު ފަސާދަ ކުރުމަކީ ބިން ފަސާދަކުރުމެވެ. މާތް ﷲ ވަނީ ބިމުގައި ފަސާދަ ނުކުރުމަށް އަމުރު ކުރައްވާފައެވެ.

ނަމަވެސް ހިތާމަކުރަން ޖެހެނީ ބައެއް މީހުން އެއްވެސް ވިސްނުމަކާއި ނުލައި އަނބި މީހާ އާއި ފިރި މީހާ ދެމެދެ މައްސަލަ ޖެހޭ ފަދަ ވާހަކަތައް ދައްކައި އެންމެ ފަހުން ދެމީހުންނާއި ދެމީހުންގެ ޢާއިލާ، ފޮނި އުންމީދުތަކާކާއި އެކު ގުޅުނު ،ގުޅުން ކެނޑި ދެމީހުން ވަކިވެ ދާން ޖެހުމެވެ. މިފަދަ ޙާލަތެއް ގައި ދަރިން ބިކަވެ އަޅާލާނެ މީހަކު ނެތި މުޖުތަމަޢުގައި އުޅެން ޖެހުމުގެ ސަބަބުން ނާއި އެ ކުއްޖާގެ ބައްޕަ ނުވަތަ މަންމަ ފިޔަވައި އެހެން މީހެއްގެ ދަށަށް އެކުއްޖަކު ދާންޖެހުމުގެ ސަބަބުން އެކުއްޖަކަށް ލިބޭ އަނިޔާ ތަޙައްމަލު ކުރާނީ ކާކު ހެއްޔެވެ؟ އެކުދީންގެ ބައްޕައާއި މަންމަގެ އޯގާތެރި ފިރުމުންތަކުން އެކުދީން މަޙްރޫމުވެގެން އެދިޔައީ ތިމާގެ ސަބަބުން ކަމުގައި ވާ އިރު ތިމާ އެ އަނިޔާ ތަކުގެ ފާފަ އުފުލަން ނުޖެހޭނެކަމުގައި ހީވަނީ ހެއްޔެވެ؟ ހަމަ ހިލާ އެހެންނަކުން ނުވާނެއެވެ. އެކައިވެނި ރޫޅުމުގެ ސަބަބުން އެ ދަރީންނަށް ލިބޭ ހުރިހާ ނިކަމެތި ކަމަކާއި އަނިޔާއެއްގެ ޒިންމާ ދުނިޔޭގައިވެސް އަދި އާޚިރަތުގައި ވެސް އުފުލަން ޖެހޭނީ ހަމަ ތިމާއެވެ. އަދި އެ ދަރީންގެ ސަބަބުން މުޖުތަމަޢަށް ގެއްލުމެއް ލިބުނަސް އެކަމުގެ ހުރިހާ މަލާމާތެއް ދުނިޔެއާއި އާޚިރަތުގައި ވެސް އުފުލަން ޖެހޭނީތިމާއެވެ.

ކަމަކީ އެއްވެސް ޙާލެއްގައި އާދައިގެ ކަމެއް ނޫނެވެ. ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. " ليس منا من خبب امرأة على زوجها .... " ( سنن أبي داود ) މާނައީ " މީހެއްގެ ފިރިމީހާގެ މައްޗަށް އެމީހާގެ އަނބި މީހާ ފަސާދަކޮށްފި މީހަކީ ތިމަންމެންގެ ތެރެއިން ވާ މީހެއް ނޫނެވެ."

ބައެއް މީހުން މިފަދަ ކަންކަން ކުރަމުން ދަނީ އަނެކާ އަށް ހެޔޮ އެދިގެންކަމުގައި ދެކިގެންނެވެ. ނަމަވެސް އެއީ އެއްވެސް ޙާލެއްގައި ހެވެއް ނޫނެވެ. ދެމަފިރިން ދެމެދު މައްސަލަ ގޯސްވާނަމަ ދެން ތިބި މީހުންގެ ޝަރުޢީ އަދި އިންސާނީ ވާޖިބަކީ އެދެމެދު އިޞްލާހު ކުރުމެވެ. އެކަމަށް ޓަކައި އެދެމީހުންގެ އެކުވެރިންނާއި ގާތް ތިމާގެ މީހުން ވެވެން އޮތް ހުރިހާ ކަމެއް ކުރަން ޖެހޭނެއެވެ. ދެމަފިރިން އެކައިވެނި ބާއްޖަވެރި ކުރުމަށްޓަކައި ދޭން ޖެހިއްޖެ ކޮންމެ ޤުރުބާނެއް ދޭން ޖެހޭނެއެވެ. އެއްވެސް ހާލެއްގައި އެ ގުޅުން ހަލާކު ކުރަން މަސައްކަތް ކޮށްގެން ނުވާނެއެވެ.

މަޤުބޫލު ސަބަބަކާއި ނުލައި ވަރިޔަށް އެދުމުގެ ފާފަ އެހާ ބޮޑުވަނީ ކަމުގެ ނުރައްކާތެރި ކަމުންނެވެ. ސަލާމާއި ޞަލަވާތް ލެއްވި ލޮބުވެތި ނަބިއްޔާގެ ބަސްފުޅަށް ބަލާށެވެ! " أيما امرأة سألت زوجها طلاقا في غير ما بأس فحرام عليها رائحة الجنة " . رواه أحمد والترمذي وأبو داود وابن ماجه والدارمي މާނައީ " މަޤުބޫލު ޢުޛުރަކާއި ނުލައި އެމީހެއްގެ ފިރި މީހާ ގާތުން ވަރިޔަށް އެދިއްޖެ އަންހެނެއްގެ މައްޗަށް ސުވަރުގޭގެ ވަސްވެސް ޙަރާމް ވެގެން ވެއެވެ. " ހަމަ އެފަދައިން މަޤުބޫލު ސަބަބަކާއި ނުލައި އޭނާގެ އަނބި މީހާ ވަރިކުމަކީ ފިރި މީހާ ކުރާ ވަރަށް ބޮޑު ފާފައެކެވެ.

ކަން މިހެން ހުރިއިރު މައްސަލައެއް ޖެހުމުން އެކަމުގެ ޙައްލުހޯދައި ގޯހެއް ވާނަމަ އިޞްލާޙުކުރަން ތައްޔާރަށް އެކަކު ހުއްޓައި އެކައިވެނި ބާއްޖަވެރި ކުރުމަށް ހުރި މަގުތައް ބަންދުވެފައި ވާކަމަށް ދެއްކުމަކީ ކިހާބޮޑު ނުބައި ކަމެއް ހެއްޔެވެ؟ އަދި ތިބާ ފިރި މީހާގެ ގާތުން ވަރިޔަށް އެދުނު ސަބަބަކީ ހަމަ ހަޤީޤަތުގައި ވެސް މަތިވެރި ވަންތަ މާތް ﷲ ގެ ޙަޟްރަތުގައި މަޤުބޫލު ޢުޛުރަކަށް ނުވެއްޖެ ނަމަ ތިބާ ސުވަރުގޭގެ ވަސްނުދެކި އޮންނަށް ޖެހިދާނެކަމުގެ ވަޢީދު އައިސްފައިވާ އިރު ވިސްނާލުން ހުއްޓެވެ.

ރަނގަޅެވެ ! ކޮންމެ މީހެއްގައިވެސް ޢައިބު ހުންނާނެއެވެ. އުނިކަންތައް ހުންނާނެއެވެ. ނަމަވެސް އެކަންކަމަށް ކެތްތެރި ވާންޖެހޭނެއެވެ. އެއީ އެ މުޤައްދަސް ގުޅުމުގެ ޙައްޤުގައެވެ. ލިބިފައިވާ ދަރިންގެ ޙައްޤުގައެވެ.

ވީމާ މި ގުޅުމަށް އެއްވެސް ހީނަރުކަމެއް އައުން އެކަށީގެންވާ ގޮތަކަށް ޢަމަލުކުރުމަކީ އެއްވެސް މީހަކު ކޮށްގެން ވާނެކަމެއް ނޫނެވެ. މާތް ﷲ ގެ ވަޙީ ބަސްފުޅުގައި ވަނީ މިފަދައިންނެވެ.
"لا خَيْرَ فِي كَثِيرٍ مِنْ نَجْوَاهُمْ إِلا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلاحٍ بَيْنَ النَّاسِ وَمَنْ يَفْعَلْ ذَلِكَ ابْتِغَاءَ مَرْضَاتِ اللَّهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا "( ނިސާ 114) މާނައީ " ޞަދަޤާތަކަށް އަމުރު ކުރުމާއި، ނުވަތަ ހެޔޮކަމަކަށް އަމުރުކުރުމާއި، ނުވަތަ މީސްތަކުންގެ ދެމެދު އިޞްލާޙުކުރަން މެނުވީ އެމީހުންގެ ގިނަ ސިއްރު ބައްދަލުވުންތަކުގައި އެއްވެސް ހެވެއް ނުވެއެވެ. މާތް ﷲ ގެ ރުއްސެވުން އަދައިގެން އެކަންކަން ކުރާ މީހާ އަށް ފަހެ ތިމަން ރަސްކަލާނގެ ބޮޑުވެގެންވާ ދަރުމަ ދެއްވާހުށީމެވެ" ވީމާ މިފަދަ ނުބައި ކަންތަކުން ދުރުވުމަށް އެންމެ ތަކުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަމެވެ.
وصلى الله على نبينا محمد وعلى آله وصحبه أجمعين

އިތުރަށް ވިދާޅުވޭ...